ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާންދުއިން ކޮވިޑް ޖެހިގެން ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ

ގއ.ދާންދޫ. ފޮޓޯ: ސެކްރެޓޭރިއަޓް އޮފް ދާންދޫ ކައުންސިލް ޕޯސްޓް(ފޭސްބޫކްޑޮޓްކޮމް)
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ދާންދުއިން ކޮވިޑް ޖެހި އެއަތޮޅު ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުުގައި، މަރުވީ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައިި ފަރުވާދެމުން ދިޔަ، އުމުރުން 67 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއީ މިއަދުގެ ތިންވަނަ މަރެވެ. މިއަދު ވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކާއި އައިޖީއެމްއެޗް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އައި 79 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައެވެ.

މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 151 އަށް އަރާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: