ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުގެ ޕްލޭން ބަދަލުކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި: މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގައި މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭން ބަދަލުކޮށް ބޯހިޔާވަހިކަމަށް ޚާއްޞަ ތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ވަނީ ބައްދަލުކުރައްވާ މާލޭގެ ޕްލޭނާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތާއި ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ، މާލެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައަށްވާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޖާގަނެތުމާއި، ދެވަނަ ފިޔަވަހިންވެސް މުޅި މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމުގައި ދެކެވަޑައިގަންނަވާތީ، ގުޅިފަޅު ބޯހިޔާވަހިކަމަށް ޚާއްޞަކޮށްދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ.

”ރައީސް ވިދާޅުވި ގުޅީފަޅު ޕޯޓް ހެދުމަށް ނިންމީ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާކޮށްފައިކަމަށް. އޭރުގެ ސަރުކާރުގެ ލިޔެ ކިއުންތަކަށްވެސް ބެއްލެވިކަމަށް ވިދާޅުވި. ނަމަވެސް އަޅުގަނޑު ދެންނެވިން ތިލަފުށި އެއީ ކުނި އަންދާގެން ކުނި ނައްތާލާތަނަކަށް ނުވާތީ އެ ސިޔާސަތަށް ބަދަލު ގެނެސްފައިވާނެކަމަށް.” މުޢިއްޒު ވިދާޅުވިއެވެ.

އެ ސަބަބަށްޓަކައި 2018 ވަނަ އަހަރު ރައީސް ޔާމީނުގެ ކެބިނެޓުންވެސް ގުޅީފަޅުގައި ލައިޓް އިންޑަަސްޓްރިއަލް މަސައްކަތްކުރުމަށް ކުރިން ގެންގުޅުނު ވިސްނުން ބަދަލުކޮށް އެތަނަކީ މީހުން ދިރިއުޅޭ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމި ކަމުގައި ރައީސް ޞާލިޙަށް ދެންނެވި ކަމުގައި ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޞާލިޙުގެ ވިސްނުންފުޅުހުރީ ގުދަންކުރަން ގުޅިފަޅުން ޚާއްޞަކޮށްފައިވާ ސަރަހައްދު ހުސްކޮށް ގުދަންކުރުން މާލޭގެ ކޮންމެވެސް ސަރަހައްދަކަށް ބަދަލުކޮށް އެ ތަނުގައި 30،000 މީހުންގެ އާބާދީއަށް އުޅެވޭނެ ގޮތަކަށް ގުޅިފަޅު ތަރައްޤީކުރުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވާ ކުރެވުނު މަޝްވަރާތަކުން އުއްމީދު އައުވެއްޖެކަމަށާއި، މޭލެ ސިޓީކައުންސިލުންވެސް ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގުޅީ ފަޅު އެއީ ގުރޭޓަރ މާލެ އޭރިޔާއަކަށް މާލެ ސިޓީގެ އިޙްތިސާސްގަ ހިމެނޭތަނެއް ނޫން މުއިއްޒު އޮޅިގެން ނޫލޭ.. ސައިޒުގަ ހުރޭ.. ގެޒެޓު ބެލީމަ އިޙްތިސާޞް ސާފުވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: