ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލް ފާސްވެއްޖެނަމަ ނަތަންޔާހޫއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެ: އުޝާމް

ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގެނެވޭ އިސްލާހުގެ ބިލް ފާސްވެއްޖެނަމަ އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

އެގޮތުން އުޝާމް ވިދާޅުވީ މިބިލު މިހާރު ޑްރާފްޓްކޮށްފައި އޮތްގޮތަށް ފާސްކުރުމަށް ތާއީދުނުކުރެވޭ ކަމަށާއި މިބިލު އޮތްގޮތުން ކަންކަން ވަރަށް ފުޅާކޮށް މާނަކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

”ބިލް މިހާރު އޮތްގޮތަށް ފާސްވެއްޖެނަމަ މިމީހާ[ނަތަންޔާހޫ]އަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެ.” ނަތަންޔާހޫގެ ފޮޓޯއެއް ޓްވީޓު ކުރައްވައި އުޝާމް ވިދާޅުވިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅި އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި އިއްވާފައިވާއިރު، މި ބިލުގައި ވަނީ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރުކުރުމަށް އިސްލާހުތަކެއް ހުށަހަޅާފައެވެ.

އެ އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: