ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19އިން ރެކޯޑް އަދަދަކަށް މީހުން ރަނގަޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖެއިން ކޮވިޑްގެ ބަލި ޖެހުނު މީހުންނަށް ވުރެ ރަނގަޅުވި މީހުންގެ އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއިން އިތުރު 648 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، 2000 އަށްވުރެ ގިނަ މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 648 މީހުންގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލެ ސަރަހައްދުން 349 މީހުން ޕޮޒިޓިވް ވެފައިވާއިރު ރަށްރަށުން ޕޮޒިޓިވްވީ 270 މީހުންނެވެ. އަދި ރިސޯޓުތަކުން ވަނީ 13މީހެއްގެ އިތުރުން ތަރައްގީކުރާ ރިސޯޓުން 16 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 66،516އަށް އިތުރުވެފައެވެ. މިބަލީގައި މިހާރު ފަރުވާ ހޯދާ މީހުންގެ އަދަދު އުޅެނީ 22،375ގައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދަނީ 213 މީހުންނަށެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ރެކޯޑް އަދަދަކަށް މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2180 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑުން ރަނގަޅުވި ދުވަހެވެ. މިއާއެކު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 43،959 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،832 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޮވިޑް-19އަށް ފަރުވާހޯދަމުން ދިޔަ މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 173 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: