ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރާ ކެމިކަލްގެ ހުއްދަ ދޫކުރާ ޕޯޓަލް އަޕްގްރޭޑް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތު ބަލަހައްޓާ ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ “މަކުޑި” ޕޯޓަލް އަޕްގްރޭޑް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިމަސައްކަތަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ ޖެފް ގެ މާލީ އެހީތެރިކަމާއި އެކު 2020 ވަނަ އަހަރު ނޮވެމްބަރު މަހު ގައި ފަށާފައިވާ “އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް” މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި މިނިސްޓްރީއޮފް ޑިފެންސްގެ ދެމެދުގައި މަކުޑި ސޮފްޓްވެއަރ ތަރައްގީކުރުމަށް ބޭނުންވާ އައިޓީ އިކުއިޕްމެންޓް ފޯރުކޮށްދިނުން މި އެއްބަސްވުމުގެ މަގްސަދަކަށް ވެފައިވެއެވެ.

މިއެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޑިފެންސް އިން އުފައްދާފައިވާ ‘މަކުޑި’ ސޮފްޓްވެއަރ އިތުރަށް ތަރައްގީކުރުމަށް ހާޑްވެއަރ ފޯރުކޮށްދިނުމުގެ އިތުރުން މަކުޑި ކެމިކަލް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް އިމްޕޯޓް ކުރާ ކެމިކަލް ތަކުގެ މައުލޫމާތު މެނޭޖްކުރުމަށާއި ކެމިކަލް އިންޕޯޓްކުރާ ފަރާތްތަކުން ހުއްދަ ނެގުމަށް ލުއި އަދި ފަސޭހަގޮތް ތައާރަފް ކޮށްދޭނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަރަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަސީރުއެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު އަލްއުސްތާޛު ހަސަން ޒަމީލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: