ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި މީހަކު ޒަހަމްކޮށްލި މައްސަލާގައި ތިންވަނަ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން ރަހީނުކޮށް އަނިޔާކުރި އަހުމަދު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން 19 އަހަރުގެ ފިރިހެނަކު ކޯޓު އަމުރުގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ތަފުސީލެއް ނުދެއެވެ.

މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 24 އަހަރާއި 25 އަހަރުގެ ދިވެހި ފިރިހެނުންނެވެ. އެ ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ. އަދި ރަހީނު ކުރި މީހާ އެރުވި ކާރު ކަމަށް ބުނާ ކާރެއްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: