ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ: ފުލުހުން

ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެން އެ ސަރަހައްދުގައި ހުރި ސައިކަލްތަކަށް ގެއްލުންވެފައި - ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ތަހުގީގުގެ ތެރެއިން އެކި ގޮތްގޮތުން 150 އަށްވުރެއް ގިނަ ފަރާތަކުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް މި ހަމަލާއާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ޖުމުލަ 25 އަށް ވުރެއް ގިނަ ތަނެއް ބަލާ ފާސްކޮށް 14 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު މީހަކީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ މީހުން ކަމަށާއި، އަދި އަނެއް 10 މީހުންނަކީ ހަރުކަށި ފިކުރުގެ މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ ފަރާތްތައް ކަމަށް ޝިފާއު ވިދާޅުވިއެވެ.

ފުލުހުން ބުނީ، ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރާވާއި ހިންގި މީހުންނާއި އަދި ހަމަލާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުން ވެސް ހޯދުމަށް ފޯކަސް ކޮށްގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: