ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދެވުނު ހަމަލާ: ފުލުހުންގެ ޕްރެސްގައި އާ ވާހަކަތަކެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އާ މައުލޫމާތެއް ހާމަނުކޮށް ނިންމާލައިފިއެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ތަހުގީގުގެ ތެރެއިން އެކި ގޮތްގޮތުން 150 އަށްވުރެއް ގިނަ ފަރާތަކުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކީ ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުން ކަމަށާއި އަނެއް 10 މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ބުނެއެވެ. މިއީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފުލުހުން ދިން މައުލޫމާތެވެ. މިއަދުގެ ޕްރެސްގައި ވެސް ފުލުހުން ދިން މައިގަނޑު މައުލޫމާތަކީ ހަމަލާގެ ތަހުގީގަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާކަން ކަމަަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ވެސް އެނގެން ބޭނުންވީ މައިގަނޑު ގޮތެއްގައި ދެ ކަމެކެވެ. ހަމަލާގެ މޯޓިވް ނުވަތަ މަގްސަދު އަދި ހަމަލާއަށް ފަންޑުކުރި މީހުންނެވެ. ނަމަވެސް ފުލުހުން ބުނީ ތަހުގީގު ނުނިމޭތީ އެއިން އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ލަސްވާތީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެ މައްސަލާގައި ތަހުގީގު އެކަށީގެންވާ ސްޕީޑެއްގައި އަދި ފާޅު ކަންބޮޑު ގޮތެއްގައި ނުހިނގާ ކަމަށް އެ މެންބަރުން ބުނެ އެވެ.

މި މައްސަލާގައި ހިމެނޭނީ އެންމެ ތިން މީހެއް ނޫން ކަމަށާއި ފަންޑު ކުރި މީހުން ހޯދަން ވެސް މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: