ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަންޑު ކުރި ފަރާތް ހޯދަން ދުނިޔޭގެ އެހެން ތަންތަނުގައިވެސް ވަގުތު ނަގާ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ފަރާތްތަކުން ރާވައިގެން ދޭ ޓެރެރިސްޓް ހަމަލާތައް ފަދަ ހަމަލާތަކަށް ފަންޑު ކުރާ މީހުން ހޯދުމަށް ކުރާ ތަހްގީގަކީ ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ވަރަށް ވަގުތު ނަގައިގެން ވިސްނުންތެރިކަމާއިއެކު ހިންގޭ ތަހްގީގުތަކެެއް ކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރުމުން، ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެފަދަ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކަށް ފަންޑު ކުރަނީ ކޮންބައެއް ކަން އެނގެން ހުރިހާ ރައްޔިތުން ވެސް ވަރަށް ބޭނުންވާނެ ކަން އެނގޭ ކަމަށާއި ނަމަވެސް، އެފަދަ ތަހްގީގުތަކަކީ ފުލުހުން ވަރަށް ވިސްނުންތެރިކަމާއި އެކުގައި ވަރަށް ވަގުތު ނަގައިގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންތައް ކުރައްވަނީ އެގޮތަށް ކަމަށް ބަޝީރު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހަމަލާއާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގައި ފައިނޭންޝަލް އެންގަލުން ބަލަން ޖެހޭ ކަންކަން ބެލުމަށް ތަހްގީގުތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެހެންނަމަވެސް ތަހްގީގު އަދިވެސް ނުނިމޭ މައްސަލައަކަށްވުމުން އެކަމާއި ގުޅޭ އިތުރު މައުލޫމަތު ހިއްސާކުރަން ދަތިކަމަށް ވަނީ ޝިފާއު ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މީޑިއާތަކުގެ މައިގަނޑު ސުވާލަކަށްވީ މި ހަމަލާއަށް ފަންޑު ކުރި މީހުން ހޯއްދިއްޖެތޯ އާއި ތަހުގީގު ކުރިޔަށް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ހޯދުމަށެވެ. އެހެން ނަމަވެސް ތަހުގީގު ކުރިޔަށްދާކަމަށް ބުނެ ފުލުހުން ވަނީ އެ ސުވާލުތަކަށް ޖަވާބުދޭން އުޒުރުވެރިވެވަޑައިގެންފަ އެވެ.

ހަމަލާއާއި ގުޅިގެން މަލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިޔަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އަދި މީގެ ކުރިން ހައްޔަރު ކުރި ހަތަރު މީހުންނަކީ މި ހަމަލާ ދިނުމުގައި ސީދާ އަމަލީ ގޮތުން ބައިވެރިވީ މީހުންކަމަށް ފުލުހުން ބުނެއެވެ. މި މީހުންގެ ބޭންކު އެކައުންޓުތަކާއި، އަދި ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ފައިސާ ދައުރުވެފައިވާ ގޮތް ބަލާފައިވާނެތޯ ސުވާލު ކުރުމުން ފުލުހުން ބުނީ ތަހުގީގުގަށް އެފަދަ ހުރިހާ އޭނގަލެއް ވެސް ބަލާ ކަމަށެވެ. އަދި އެ މީހުންގެ ބީއެމްއެލް އެކައުންޓަށް ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ޝައްކު ކުރެވޭ ޓްރާންސެކްޝަނެއް ހިނގިކަމަށް ފުލުހުން ހިއްސާއެއް ނުކުރި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގަލޮޅު ކެނޭރީގެ އިން ނިކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: