ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އިހުމާލުން މަރުވި މީހުންގެ މައްސަލަ ނުބެލޭނަމަ އިސްތިއުފާދީ: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ނުކުޅެދި، ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން އެތައް ދިވެހި ރައްޔިތުންނެއް ދުނިޔެ ދޫކޮށްފައިވާތީ އެކަންކަން ތަހުގީގުކޮށް އެކަމަށް ޖަވާބުދާރީވެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19ގައި ދުނިޔެ ދޫކުރަމުންދާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން މިކަންކަން ސަމާލުވެ ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާތީ އެކަމާވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލު ބޮޑުކަން ފާހަގަވާކަމަށް ޕީޕީއެމް ޕީއެންސީން ވަނީ ބުނެފައެވެ.

އެގޮތުން އެމްބިއުލަންސް ފޮނުވުން ލަސްވެގެން ރާއްޖެއިން ކޮވިޑްގައި މަރުވި ކުއްޖާގެ ހާދިސާއަށް މާ ގިނަ ދުވަހެއްނުވެ ކޮވިޑްގައި ހާލު ސީރިއަސްވެގެން މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި ގއ. ދާންދޫ މަރްޔަމްގެ މަރުގެ މައްސަލައިގައި ކަންކޮށްފައިވާ ގޮތުން ސަރުކާރުގެ އިހުމާލު މިކަމުގައި ބޮޑުކަން ހާމަވެފައިވާކަމަށް ޕާޓީގެ ފަރާތުންވަނީ ފާހަގަ ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މަރްޔަމް އިބްރާހީމްގެ ހާލު ބޮޑުވެގެން އިމަޖެންސީގައި މާލެ ގެނެވުނުއިރު މަރްޔަމްއަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވުނު ވެންޓިލޭޓަރުގެ ޗާޖު ހުސްވެ ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމުން ބަލިމީހާއަށް ފަރުވާ ދިނީ އަތުން ޕަންޕުކޮށްގެންކަމަށް އާއިލާއިން މައުލޫމާތު ދިންކަމަށެވެ.

ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތައްވެސް ތައްޔާރުވެފައި އޮތް ސަރުކާރުން ހާލުބޮޑުވެ އަވަސް ފަރުވާ ދޭން ޖެހޭ މީހަކު ފްލައިޓަށް އަރުވާއިރު ފަރުވާއަށް ބޭނުންވާ އެއްޗެހި ހަމައަށް ނެތުންއެއީ ހިތާމަކުރާކަމެއްކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އިދިކޮޅު ކޯލިޝަންގެ ފަރާތުންވަނީ ސަރުކާރުގެ އިހުމާލުން ހިނގާފައިވާ މި ހިތާމަވެރި ހާދިސާތައް ބަލާ މިކަމުން ގެއްލުން ލިބިފައިވާ އާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށާއި އަޅަންޖެހޭ ފިޔަވަޅު ވަގުތުން ވަގުތަށް އެޅުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމދު ސޯލިހް އަށް ގޮވާލާފައެވެ. އަދި މި މައްސަލަތައް އަވަހަށް ބަލާ ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައުލޫމާތާ މި ހާދިސާ ހިނގިގޮތް ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: