ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަން ސިޔާމް ހިންގެވި މަގަކުންވެސް ތިބޭފުޅުންނަކަށް ނުހިނގޭނެ: ރަފިއްޔާ

އައިޝަތު ރަފިއްޔާ އަދި މެމްބަރު ސިޔާމު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަށް ފާޑުވިދާޅުވެ ހަޖޫ ޖައްސަވައި ބޭފުޅުންނަށް ‘ސިޔާމު ހިންގެވި މަގުންވެސް ނުހިނގޭނެ’ ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ރަފިއްޔާ އެފަދައިން ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަަކަށް ހާޒިރުނުވެ ހުންނެވުމަށްފަހު، މިއަދު މެމްބަރު ސިޔާމު މަޖިލީހަށް ހާޒިރުވެވަޑައިގެން، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގައި ސިޔާމު ބައިވެރިވެވަޑައިގެންނެވުމުން، ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ސިޔާމަށް ފާޑުވިދާޅުވެ ހަޖޫ ޖެއްސެވުމާއި ގުޅިގެންނެވެ.

ސިޔާމަށް ފާޑުވިދާޅުވެ ހަޖޫ ޖެއްސެވި މެމްބަރުންނަށް ރައްދު ދެއްވަމުން ރަފިއްޔާ ވިދާޅުވީ، ސިޔާމުގެ ވާހަކަ ދައްކަން، ސިޔާމު ހިންގެވި މަގަކުންވެސް އޭގެން ބޭފުޅަކަށް ނުހިނގޭ ކަމަށެވެ. މީގެ އިތުރުން، ރަފިއްޔާ ވިދާޅުވީ މިއަދު ސިޔާމު މަޖިލީހުގެ 241 ކޮމެޓީއަށް ވަޑައިގަތުމަކީ އެކަމުގެ މީހުން މާ އަޖައިބުވާން ޖެހޭ ކަމެއް ނޫން ކަމަށާއި، މެމްބަރު ސިޔާމު އެބޭފުޅާގެ ޒިންމާތައް އަދާކުރައްވަން މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށާއި، އެއީ ބަޔަކު ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. ރަފިއްޔާ ވަނީ އެކި ކަހަލަ ކަންކަން ކުރާ ބޭފުޅުންނަށް އެބައެއްގެ ވާހަކަ ދައްކަނީ އޭ ހެންވެސް ހީވާނެ ކަމަށް ވިދާޅުވެފައެވެ.

މެމްބަރު ސިޔާމު މަޖިލީހަށް ވަޑައިނުގަނެ ހުންނެވުމަށްފަހު މިއަދު ކުއްލިއަކަށް ހާޒިރުވެވަޑައިގެންނެވުމުން، އެވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި އަދި އްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ސިޔާމު މިއަދު މަޖިލީހުން ހިންގާ އިންކުއަރީ އަށް ވަޑައިގަތުމަކީވެސް، އެ ތަހްގީގުގެ ސީރިއަސްކަން އިތުރުވެފައިވާ ކަމުގެ ނިޝާނެއް ކަމަށް މެމްބަރު މީކާއިލް ވަނީ ވިދާޅުވެފައެވެ.

ސިޔާމު ދިގު މައްދަތެއް ވަންދެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވެ ހުރެފައި، މިއަދު ބައިވެރިވަޑައިގަތުމުން އެކަމަށް ފާޑު ކިޔުއްވަމުން ވައްޑޭ ވަނީ މަޖިލީހަށް އެއްގޮތަކަށް ވެސް ވަޑައިނުގަންނަވާ ދެ އަހަރު ހޭދަ ކުރެއްވުމަށް ފަހު ކުއްލިއަކަށް މިއަދު ކޮމިޓީއަށް ސިޔާމް ވަޑައިގަތީ ކާކު އަންގަވައިގެންތޯ އައްސަވައިފައެވެ.

ވަރަށް ގަދަ
35%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 3%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

7 Responses

  1. ރައްޔެތުން ގެ އިހްސާސް ނުދަންނަ ރައްޔެތުންގެ ހައްގުކީ ކޮބާކަން ނޭގޭ ބޭފުޅެއް

  2. ތިސިޔަާމް ހިނގާ މަގުން ހިގަން ނުލިބުމަކީ އެމީހެއްގެ ޢާހިރަތުގެ ދަރުމަޔާ ނަސީބުު
    ޢޭނަ ހިގާމަގުން ހިގުމުގެ ފުރުސަތު ލިބިއްޖެ މީހަކީ އާހިރަތު ގެއްލި ނިމިދާނެ މީހެކެވެެ
    ތިމަގުން ހިގަން ނުލިބިއްޖެ މީހަކީ ދެދުނިގެ ވެސް ނަސީބު ވެރިޔަކަށް ވާނެ ކަން ކަށަ ވަރެެ
    ތިމަގުން ހިގުމުގެ ފުރުސަތު މިއަޅާ އަށް މިންވަރު ނުކުރަށް ވާށެވެ…އާމީން

  3. އަހަރެމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ ހިންގެވި މަގުން ހިނގަން. އޭރުން ދެން އަންނަ ހަޔާތުގަ ކާމިޔާބު ލިބެން އޮތީ . ޝިޔާމު ހިނގި މަގު ގިރާގެން ކަލޭމެން ބޯން ތިބޭ. ދެން ލަލަލާ.

  4. ރަފިއްޔާ ޔައް ވެސް ރަފިއްޔާ އޮޅެނީދޯ.. އަގަމަޑުންލައިގެން ހުރުން ބުއްދިވެރި. ރައިތުން ނައްފައިދާއެކުރަނެ ބަހެނުބުނަންޔާ މަޑުން ހުރޭ.

  5. ރަފިއްޔާއެއީ ފައިސާކޮޅެއްގެ ދަހިވެތިކަމުގަ ބުނެލި އެއްޗެއް. ޢެކަމާއަޅާނުލާ!

  6. ހިތުން ތިބުނީ ވަރަށް ހިކުމަތްތެރި އެއްޗެއް ދޯ؟ ވަރަށް ވެދުން ކަލޭ އަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: