ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާދަކުރައްވާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމުގެ އިންތިހާބުގައި މިރޭ އޮންނާނެ އެވެ.
މި އިންތިހާބު ރާއްޖޭގެ ފަރާތުން މިނިސްޓަރ ޝާހިދު ކާމިޔާބުކުރާނެ ކަމުގެ އުންމީދުބޮޑެވެ. ރާއްޖޭގެ އަވައްޓެރި ގައުމު ތަކުގެ ތެރެއިން އިންޑިއާގެ އިތުރުން ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ސައުދި އަރަބިއްޔާ އާއި އިތުރު ގައުމު ތަކުންވަނީ ރާއްޖެއަށް އާންމު މަޖިލީހުގެ ރައީސްކަން ދިނުމަށް ތާއީދުކުރާކަމަން ހާމަކުރައްވާފައެވެ. މި އިންތިހާބު ކާމިޔާބުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ގިނަ ގައުމު ތަކަކަށް ދަތުރުކުރައްވާ ގައުމު ތަކުގެ ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އިންތިހާބުގެ ވޯޓްލުން ފަށާނީ މިރޭ ރާއްޖެ ގަޑިން 7:00 ޖަހާއިރުއެވެ. އިންތިހާބުގައި ރާއްޖޭގެ ފޮރިން މިނިސްޓަރާ ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައި ރަސޫލް އެވެ.
މި އިންތިހާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު 14 ގައެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެ އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖޭން ވަނީ އދ.ގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ.
މިއީ ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތާ ފުރަތަމަ ފަހަރެވެ. މި މަގާމަށް ފޮރިން މިނިސްޓަރު ޝާހިދު ގެނައުމަށް ގިނަ ގައުމުތަކުގެ ތާއީދު ވަނީ ލިބިފަ އެވެ. ހާއްސަކޮށް ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ އަވައްޓެރި އިންޑިއާއިން ވަނީ މި މަގާމަށް ޝާހިދު ގެނެއުމަށް ތާއީދުކޮށްފަ އެވެ.
ރާއްޖެއިން ވަނީ ޔޫއެންގެ، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރުމަށް ވެސް ނިންމައިފަ އެވެ. އެއީ 2023-2025 އަށް ދެމިގެންދާ ދައުރެވެ. އެ އިންތިޚާބު އޮންނާނީ އަންނަ އަހަރެވެ.
One Response
އަބަދުވެސް ކޮންމެސްތަނެއްގެ ރައީސްކަން ނުލިބިގެން މިއުޅެނީ މިގައުމު މިޔޮއްފުޑެނީ މިކަމަކާހެދި