ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުގައި ކޮންޓައިނާ ޓާމިނަލް ހެދުމުން ރާއްޖޭގެ ވިޔަފާރި ބަނދަރަށް ބޮޑު އިންގިލާބެއް އަންނާނެ: ޝާހިދު

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގައި ކޮންޓައިނާ ޓާމިނަލް ހެދުމުން ރާއްޖޭގެ ވިޔަފާރި ބަނދަރަށް ބޮޑު އިންގިލާބެއް އަންނާނެކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ފާހަގަކުރެއްވީ މާލެ ކޮމާޝަލް ހާބަރުގައި ގާއިމުކުރެވިފައިވަނީ ކޮންޓެއިނާ ޓާމިނަލެއްނޫންކަމަށެވެ. ރާއްޖެ އެތެރެ ކުރެވޭ ކޮންޓައިނަރުގެ އަދަދު އަންނަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންކަމަށާއި، ރާއްޖެއަށް ކޮންޓައިނާ ހިފައިގެން އަންނަ ބޯތުތަކުގެ ސައިޒު އަންނަނީ ބޮޑުވަމުންކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިހެންކަމުން ރާއްޖެއަށް އެތެރެކުރެވޭ މުދާތައް ބޭލުމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވާކަމަށެވެ.

އެންމެ ބޮޑު ދައްޗަކީ ކޮންޓައިނާ ބަހައްޓާނެ ޖާގަ ނެތުން. ހަމަ އެހެންމެ މަގަތު ފާލަމާއި ކައިރު ކުރެވެނީ ފަހަރަކު އެންމެ ބޯޓަކަށް ވެފައި ކޮންޓައިނާ އަރުވާ ބާލަން ބޭނުންކުރާ އުޅަދުތައް މަދުވުމާއި ބާވުމުގެ ސަބަބުންވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވޭ

މިފަދަ ދަތިތައް ހައްލުކުރުމަށްޓަކައި މި ސަރުކާރުން 2019 ވަނަ އަހަރު ގުޅިފަޅުގައި ކޮންޓައިނާ ޓާމިނަލެއް ހެދުމުގެ މަސައްކަތް އިފްތިތާހުކުރިކަމަށް ފާހަގަކުރައްވާ، ޝާހިދު ވިދާޅުވީ މި މަޝްރޫއު ނިމުމުން ރާއްޖޭގެ ވިޔަފާރި ބަނދަރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެކަމަށެވެ. ޝާހިދު ފާހަގަކުރެއްވީ އާ ބަނަދަރު ހެދުމާއި ހަމައަށްވެސް އެމްޕީއެލްގެ ފަރާތުން ދަނީ ކުންފުނިން ދެމުންގެންދާ ހިދުމަތް އެކަށީގެންވާ މިންގަނޑެއްގައި ހިފަހައްޓާ މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް ރަނގަލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއްކުރަމުންކަމަށެވެ.

އެގޮތުން ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކުންފުނީގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި އެމްޕީއެލްގެ ފަރާތުން ދަނީ ތިން ދާއިރާއަކަށް މަސައްކަތްކުރަމުންކަމަށާއި، ފުރަތަމަ ދާއިރާ އަކީ ކޯޕަރޭޓް ބެސްޓް ޕްރެކްޓިސް އަދި ގަވަނެންސް ހަރުދަނާކުރުންކަމަށެވެ. މީގެ ދަށުން ޕްރައިވަޓައިޒޭޝަން އަދި ކޯޕަރައިޒޭޝަން ބޯޑުގެ ލަފާގެ ދަށުން ކުންފުނީގެ އޮނިގަނޑު ވަނީ ގްރޭޑިން ސްޓްރަކްޗާއަކަށް ބަދަލުކުރެވިކަމަށް ޝަހިދު ވިދާޅުވިއެވެ. މިހާރު އެމްޕީއެލް ވަނީ ސަރުކާރުގެ ކުންފުނިތަކުގެ ކޯޕަރޭޓް ގަވާންސް ބޯޑަށް ކޮމްޕްލައި ކުރާ ކުންފުންޏަކަށް ހެދިފައިކަމަށް ފާހަގަކުރެއްވިއެވެ. ޝަހިުދ ވިދާޅުވީ ކުންފުނީގެ އިންޓާނަލް އޮޑީޓް ވަނީ ހަރުދަނާ ކުރެވިފައިކަމަށާއި، އެގޮތުން މިހާރު ދެ ފުއް ފެންނަ ނިޒާމެއް ގާއިމުކުރެވިފައިކަމަށާއި، އަދި ކުންފުނީގެ މާލީ ހިސާބުތަކާއި ސްޓޮކްއައި އަދި އެހެނިހެން ހިދުމަތް ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ އީއާރުޕީ ސިސްޓަމަކަށް ފެއްތިފައިކަމަަށެވެ.

2019 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަހަރު ކުރީ ކޮޅި އޮރަކަލް ކްލައުޑް އީއާރުޕީ އިމްލިމެންޓްކުރެވި، މިހާރު އެ ސިސްޓަމް ވަނީ ލައިވް ކުރެވިފަ. މި ސިސްތަމްގެ ސަބަބުން މާލީ ހިސާބުތައް ބެލެހެއްޓުން ހަރުދަނާކުރެވިި، ރިޕޯޓިން އިތުރުކުރެވި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ

މީގެ އިތުރުން ކުންފުނީގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްތަކައި މަސައްކަތްކުރެވޭ ދެވަނަ ދާއިރާއަކީ ރައްކާތެރި، އިތުބާރު ހިފޭ ގުޅިފައިވާ ޕޯޓު ވިއުގައެއް ބިނާކުރުންކަމަށާއި، ކުންފުނިން އެންމެ އިސްކަންދޭ އެއްކަމަކީވެސް ޕޯޓުގައި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުންކަމަށް ޝަހިދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: