ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދުން ހުސައިންގެ ބަދަލުގައި 241 ކޮމިޓީއަށް އިންތި!

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި)-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެމަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހަމަޖައްސައިފިއެވެ.

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށް ގެންދާ 241 ކޮމިޓީއަށް ގެނައި އެ ބަދަލު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އާންމުކުރައްވައިފައެވެ. އެކަން މަޖިލީހުގެ ރިޔާސްތުގައި އިއުލާންކުރައްވާފައިވަނީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެވެ.

އެގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމާލާ ތަހްގީގު ކުރުމަށް ޕާލިމެންޓްރީ އިންކުއަރީ 241 ކޮމެޓީގައި ކުރިއަށް ގެންދާއިރު، އިއްޔެ އެކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމު ނޫސްވެރިންނާއި ބައްދަލުކުރައްވައި، ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައްވެސް ހިއްސާކުރައްވައިފައެވެ.

މަޖިލީހުގެ 241 ކޮމެޓީއަށް އެމްޑީޕީގެ ފަރާތުން މެމްބަރު އަންދުން ހުސެއިންގެ ބައްދަލުގައި އިންތި ހަމަޖައްސެވި މި ދަނޑިވަޅަކީ އެ ކޮމެޓީގެ ތަހްގީގަށް ސަރުކާރުން އަދި ސީދާ ރައީސުލްޖުމުހުރިއްޔާ ހުރަސް އަޅައި ނުފޫޒު ފޯރުވަމުންދާކަމަށްވެސް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައިއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: