ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދިނުމަށް އެދި މަޖިލީހަށް ބިލެއް

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާ ބޭފުޅާ ދިރިއުޅުއްވަން ހާއްސަކޮށްގެން ރަސްމީ ގެކޮޅެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އުއްތަމަ ފަނޑިޔާރުކަން ކުރައްވާ ބޭފުޅާ ދިރިއުޅުއްވަން ރަސްމީ ގެއެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭ ގޮތަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހެޅީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

މެމްބަރު ޒަރީރު ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވަނީ، ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށާއި، ސެކިއުރިޓީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބަލަހައްޓާ ގޮތަށް އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަން ރަސްމީ ގެއެއް ސަރުކާރުން ހަމަޖައްސަވައިދޭ ގޮތަށް ގާނޫނަށް ބަދަލުގެނައުމަށެވެ.

މީގެއިތުރުން، އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެން ވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންޖެހޭނެ ކަމަށްވެސް އެ ބިލްގައި ބުނެފައިވެއެވެ.

މެމްބަރު ވިދާޅުވީ، އެ އިސްލާހު ފަނޑިޔާރުންގެ ގާނޫނަށް ގެނައުމުގެ މައިގަނޑު މަގްސަދަކީ ދައުލަތުން އުއްތަމަ ފަނޑިޔާރަށް ދެމުން އަންނަ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އެ ބިލްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދޭ ގެކޮޅުގައި، އުއްތަމަ ފަނޑިޔާރާއިއެކު ދިރިއުޅުއްވޭނީ، އޭނާގެ އަނބިމީހާ، ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންމަ އާއި ބައްޕަ އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: