ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު އީދާއި ޖުލައި 26 އާއިއެކު ޗުއްޓީ ހަދާލަން އިހަށް މަޑުކޮށްލާ: ރައީސް

ކޮވިޑް19 އަށް ޓެސްޓްކުރުމުގެތެރެއިން... ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި މަސް ތެރޭގައި އަންނަ ބޮޑު އީދާއި ޖުލައި 26 އާއިއެކު ޗުއްޓީ ހަދާލަން އިހަށް ގޭގައި މަޑުކޮށްލުމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރައީސް ވިދާޅުވީ، ދަރިންގެ ސުކޫލުގައި ބަންދުގައި ޗުއްޓީ ހާދަލަން ރަށްރަށަށް ދާން ބޭނުންވާނެ ކަން ގަބޫލުކުރައްވައި ކަމަށާއި، ނަމަވެސް އިހަށް ދެހަފްތާއެއްވަރު ގޭގައި މަޑުކޮށްލުމަށް ފަހު ޖުލައި މަހު ރާއްޖޭގެ މިނިވަން ދުވަހާއި ބޮޑު އިދުގެ މުނާސަބަތުގައި ލިބޭ ބަންދު ދުވަސްތަކުގައި ޗުއްޓީ ހަދާލުން މާ ރަނގަޅުވާނެ ކަމަށެވެ. ރައީސް ވަނީ އަދި ދެހަފްތާ ގޭގައި ހިތްވަރުކޮށްލުމަށް ރައްޔިތުން ގާތު އެދިވަޑައިގަންފައެވެ.

ރައީސް ވަނީ ޖުލައި މަހުގައި ބޮޑު އީދާއި ޖުލައި 26 އާއިއެކު ގާތްގަނޑަކަށް 14 ނުވަތަ 15 ދުވަހުގެ ބޮޑު ބަންދެއް ލިބޭ ކަން ފާހަގަކުރައްވައިފައެވެ. އޭރުން މިހާރު ގޭގައި މަޑުކޮށްލާފައި، ނިއު ނޯމަލެއްގައި އުޅެވޭ ހިސާބަށް ހާލަތު ދިއުމަކީ އެކަށީގެންވާ ކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ޖުލައި މަހުގެ މެދުތެރޭގައި ވެކްސިންގެވެސް އާބުރެއް ފެށޭނެ ކަމަށެވެ.

އެޗްޕީއޭ އިން މިހަފްތާގައި އާއްމުކުރި، އައު އުސޫލުގައިވާ ގޮތުގެ މަތިން މާލެ ސަރަހައްދުން ރަށްރަަަށަށް ދަތުރުކުރުމަށް ދެން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުންނަށެވެ. އަދި މީގެ އިތުރުން، މާލޭގައި ވަޒީފާ އަދާކުރަމުންދާ ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށެވެ. އެހެންކަމުން ޗުއްޓީއަށް ރަށްރަށަށް ދިއުމަށް މިހާރު ހުއްދަ ނުދޭނެ ކަމަށް އެޗްޕީއޭގެ އައު އުސޫލުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
42%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 9%ވަރަށް ދެރަ 28%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: