ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާމް އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެ: އެމްޑީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަކީ، އެއްވެސް މީހަކަށް އަނިޔާއެއް ދޭނެ މީހެއް ނޫން ކަމަށާއި ސިޔާމް ދެއްކެވި ވާހަކައިގެ މަފްހޫމު އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ އެމްޑީއޭ އިން ބުނެފިއެވެ.

އެގޮތުން މިއަދު އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާމަކީ އެއްވެސް މީހަކަށް އަނިޔާއެއް ދޭނެ މީހެއް ނޫން ކަމަށާއި، ސިޔާމު ދެއްކެވި ވާހަކަ އޮޅުވާލައިގެން ބަޔަކު މަސައްކަތް ކުރަމުން ދަނީ، ސިޔާމާއި ދެތެރޭގައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސެއިން ދަންޖަންސަންޖެހޭ ކަމަށާއި އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ ކަމަށް ސިޔާމު ބުނެފައިވާ އޯޑިއޯ އެެއް ވަނީ މީސްމީޑިއާގައި މިހަފްތާ ތެރޭގައި އާއްމުވެފައެވެ. އެ އޯޑިއޯ އާއި ގުޅިގެން ސިޔާމު ވިދާޅުވީ، އޭނާ އެހެން ވިދާޅުވިނަމަ ވިދާޅުވީ ވެސް އެފަދަ ކަމެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ސިޔާމު ހިސާނު ދަންޖައްސަވަން ޖެހޭ ކަމަށް ވިދާޅުވުމުން، އެ މައްސަލަ ފުލުހަށާއި، ޑިފެންސް މިނިސްޓްރީއަށާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އިއުލާން ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: