ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކާސްޓަރުންގެ އަހަރީ ފީ މާފުކޮށްދިނުމަށް ރައީސްގެ އަރިހުން އެދިއްޖެ

ބްރޯޑްކޮމްގެ ބައެއް މެމްބަރުން—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ހާލަތާ ގުޅިގެން، ބްރޯޑްކާސްޓިން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެ ފަރާތްތަކުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހުގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެދިއްޖެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ މިކަމަށް އެދިފައިވަނީ، ކޮވިޑް-19އާ ގުޅިގެން މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ހީވެފައިވާތީކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ދިވެހިރާއްޖޭގެ ގިނަ ސިނާއަތުތަކަކަށްވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި މި ބަލިމަޑުކަން ދެމިގެން ދިއުމުގެ ސަބަބުން މި ގެއްލުންތައް މިހާރުވެސް ދަނީ މެދުކެނޑުމެއްނެތި ކުރިމަތިވަމުންކަމަށެވެ.

ބްރޯޑްކޮމް އިން ބުނެފައިވަނީ، ބްރޯޑްކާސްޓިން ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ކުރިމަތިވެފައިވާ ކަމަށެވެ.

ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ޤާނޫނީ ޒިންމާ ޙަވާލުވެފައިވާ ފަރާތުގެ ހައިސިއްޔަތުން، އެ ފަރާތްތަކަށް ލުއިތަކެއް ދިނުމަށްޓަކައި، ރައީސްއަށް ފޮނުވި ސިޓީގައި ވަނީ ބައެއް ކަންކަން ހިނަމާފައެވެ.

އެގޮތުން ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ ލައިސަންސްގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީއާއި، ޖޫރިމަނާ މާފުކޮށްދިނުމާއި، ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ދޫކޮށްފައިވާ ފްރިކުއެންސީތަކުގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީ މާފުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުންމައި، އެފަރާތްތަކުގެ ތެރެއިން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުންވެސް ހިމެެނެއެެވެ.

މިދިޔަ އަހަރާއި މިއަހަރުގެ، އަހަރީފީ އާއި ޖޫރިމަނާ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ފަރާތްތަކާ މެދު އިންސާފުވެރި، ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމުގެ ގޮތުން އެ ފަރާތްތަކަށް، ލުއިތައް ކުރިޔަށް އޮތް ދެ އަހަރަށް ބަހާލައިގެން ފޯރުކޮށްދިނުމަށްވެސް ބްރޯޑްކޮމްއިން އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: