ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން މިމަހު 21 ގައި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލަށް ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު މިމަހުގެ 21 ގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް މީހަކު ހޮވާނީ ކައުންސިލަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެގޮތުން އެލްޖީއޭއިން ވަނީ މިމަހުގެ 20ގެ ކުރިން، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްގެ ނައިބުން އިންތިހާބު ކުރުމަށް އަންގަވާފައިއެވެ. ކައުންސިލް މެމްބަރުންނާއި، ކައުންސިލްގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން ހޮވާފައިވަނީ ރައްޔިތުންގެ މެދުގައި ބޭއްވުނު ވޯޓަކުންނެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް ވަނީ ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާހަގަކުރައްވައިފައެވެ. އެއީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއެވެ. މި ހަތަރު މެމްބަރުންނަކީ އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ ހަތަރު މެމްބަރުންނެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އޭޕްރީލް މަހު ބޭއްވުނު ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ރައްޔިތުން ހޮވާފައިވަނީ ޑރ. މުހައްމަދު މުއިއްޒު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: