ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމީލަށް ވޯޓްލީގޮތް “ލީކުވި” މައްސަލަ ބަލަން ވެސް ކޮމެޓީއެެއް!

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ކޮމެޓީގެ މެމްބަރުން ވޯޓްދެއްވި ގޮތް ފަޅާއެރި ގޮތެއް ބެލުމަށް ކޮމެޓީއެއް އެކުލަވައިލައްވައިފި އެވެ.

އެގޮތުން، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި ޑިފެންސްގެ ނައިބުގެ މައްސަލަ ބޭރުކޮށްލި އެ ކޮމިޓީގެ ބައްދަލުވުމުގެ ޗެޓްލޮގް ލީކުކޮށްލި މައްސަލަ ބަލަން އެ ކޮމިޓީއެއް އެކުލަވައިލުމަށް އެފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ. ޒަމީލުގެ މައްސަލައާބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި، ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީން ފާސްކުރީ ޒަމީލްގެ މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށެވެ. މައްސަލަ ކޮމެޓީއިން ބޭރުކޮށްލުމަށް  ފާސްކޮށްފައި ވަނީ އެމްޑީޕީގެ ހަތަރު މެންބަރުންގެ ވޯޓާ އެކުގައެވެ.

ޑިފެންސްގެ ނައިބު ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ކޮމިޓީން ބަލަން ފެންނަ ކަމަށް ނިންމަވައިދިނުމަށް ކޮމެޓީއަށް ހުށަހެޅުއްވީ، އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދުއެވެ. އަދި، ޒަމީލްްގެ މައްސަލަ ކޮމެޓީއިން ބޭރުކޮށްލުމަށް ހުށަހަޅާފައިވަނީ، ޖުމްހުރީ ޕާޓީގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.

އެގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަނީފް ވިދާޅުވީ ބައެއް މެމްބަރުން އެހެން މެމްބަރުން އެހެން މެމްބަރުންނާމެދު ނަފްރަތު އުފައްދަައި މައުލޫމާތު ލީކުކޮށްލުން ބަލައި ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން، ކޮމެޓީގައި ވޯޓަށް އެހުނުގޮތާއި އެ މައްސަލަ ދިމާވިގޮތާ ބެހޭ ގޮތުން ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް  މީޑިއާއަށް މައުލޫމާތު ދީ އެ މައްސަލަ ސަބް ކޮމެޓީ އަކުން ބަލަން މިއަދު ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: