ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާ ހިލާފަށް ރުއްގަސް ނަގާ، ތަންތަނަށް ގެންދާ ފަރާތްތަކަށް ފިޔަވަޅުއަޅާނަން: އީޕީއޭ

ރިސޯޓްތަކަށް ގެންދިއުމަށް ބާރަށުން ނަގާފައިވާ ރުއްތަކެއް:-- ފޮޓޯ: އާދަމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާއިދާ ޚިލާފަށް ރުށްގަސް ކަނޑައި ނުވަތަ ނަގައިގެން އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތަކާ މެދު ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭ އިން އިއްްޔެ ނެރުނު ބަޔާނެއްގައި ބުނީ މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދަން ގެންދިއުމަށް އެކިފަރާތްތަކުން އެ އެޖެންސީގައި އެދެމުން އަންނަ ކަމަށެވެ.

އީޕީއޭ އިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ “ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ގަވާއިދުގެ ދަށުން އެކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.

އެހެން ނަމަވެސް ހަމައެކަނި ކައުންސިލުގެ ހުއްދައަކަށް ރިއާޔަތްކޮށް ގަވާއިދާ ހިލާފަށް ގިނަ ފަރާތްތަކުން ރުއްގަސް ނަގަމުން އަންނަކަމަށް އީޕީއޭ އިން ބުންޏެވެ.

“އެހެންކަމުން ރުއްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން މިއެޖެންސީގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްގީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް އިލްތިމާސްކުރަމެވެ.”

އީޕީއޭގެ ބަޔާނުގައި ރިސޯޓް ތަރައްގީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރަންޖެހޭ ކަންކަން ވެސް ވަނީ ބަޔާންކޮށްފަ އެވެ.

  • އެމަޝްރޫއަކަށް ދޫކޮށްފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދު.
  • ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން.
  • ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން.

އެޗްޕީއޭގެ ހުއްދަ އާއި ކައުންސިލްގެ ހުއްދަ، މަސައްކަތްކުރާ ފަރާތްތަކުގެ އަތުގައި އަދި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި ހުންނަންޖެހޭނެ އެވެ.

އެ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި ހުއްޓުވާ ފިޔަވަޅުއަޅާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: