ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭގެ ބޯޑަށް ފުވައްމުލައް ސިޓީގެ މޭޔަރު ރަފީގު!

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް އިންތިހާބުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލްގެ މެމްބަރަކާއި، އަތޮޅު ކައުންސިލް ރައީސަކާއި ރަށު ކައުންސިލުގެ މެމްބަރެއް ހުންނާނެ އެވެ. އަދި އެލްޖީއޭގެ ބޯޑަށް މެމްބަރުން ހޮވާނީ، ކައުންސިލަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން މެމްބަރުން އިންތިހާބު ކުރުމަށް ވޯޓްލުން ކުރިއަށް ގެން ގޮސްފައިވަނީ މިއަދު އެވެ.

އަތޮޅު ރައީސުންގެ އިތުރުން ރަށު ކައުންސިލުގެ މެމްބަރަކާއި، ސިޓީ ކައުންސިލުގެ މެމްބަރެއް ވެސް އެލްޖީއޭއަށް އިންތިހާބު ކުރާނެ އެވެ. ސިޓީ ކައުންސިލުގެ މެމްބަރުންގެ ގޮތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކައުންސިލް މެމްބަރު ހުސައިން ފައިޒުއްރަހުމާނު ފޯމު ހުށަހެޅި އެވެ. ނަމަވެސް، އޭގެ ތެރެއިން ފައިޒު ފޯމު ހުށަހެޅީ މުއްދަތު ހަމަވީފަހުން ކަމަށްވާތީ އޭނާގެ ފޯމު ވަނީ ބާތިލުކޮށްފަ އެވެ.

މުއިއްޒު އާއި ރަފީގާއި ދެމެދު ކުރިޔަށް ގެންދިޔަ އިންތިހާބުގައި، ދެ ބޭފުޅުންގެ މެދުގައި ހުރީ ތިން ވޯޓުގެ ތަފާތެވެ. ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒުއަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ. އަދި ރަފީގަށް ލިބިވަޑައިގެންނެވީ 24 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެކެވެ.

ފަސް އަހަރަށް ހޮވާ އެލްޖީއޭގެ ބޯޑުގެ މިދައުރުގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަންކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: