ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުތަކުގައި ހިންގި އޮޕަރޭޝަނުގައި 44 ފޯނު އަތުލައިގެންފި

ޖަލުތަކުގައި ހިންގި އޮޕަރޭޝަނުގައި އަތުލިތަކެތި— ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޖަލުތަކުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން 44 ފޯނު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން މާލެ ޖަލުން، ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން، ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށްގެނެވި، މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއަދު ފަތިހު 5:30 ހާއިރު ޖަލުތަކުގައި ފުލުހުން ފެށި މި އޮޕަރޭޝަނުގައި ޖަލުތަކުގައި ހަމަނުޖެހުން ހިނގައި ފުލުހުން ޓޭޒަރ ބޭނުން ކުރިކަމަށް މިޑިޔާގައި ރިޕޯޓް ކުރިނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

“މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަރ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމަތަކީ ދޮގު މައުލޫމާތެއް. ނަމަވެސް، ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވޭ.” ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަމަށެވެ. މީގެއިތުރުން އެ އޮޕަރޭޝަންގައި ޕެޕަރ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ދެގައިދީއަކަށް ސިއްހީ ފުރަތަމަ  ފޯރުކޮށްދޭން ޖެހުނުކަމަށާއި އެ ތިން ގައިދީން ފިޔަވައި އިތުރު ގައިދީއަކަށް އަނިޔާއެއްނުވާކަމަށް ފުލުހުން މައުލޫމާދެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: