ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާބަކިޔު ހަދަނިކޮށް އަލިފާނުގެ ހާދިސާ ހިނގާ މީހަކަށް އަނިޔާ ވެއްޖެ

ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާބަކިޔުއެއް ހެދުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ، ހެންވޭރުގައި ހުންނަ ގެއެއް ކަމަށްވާ ފައިނުޕާކް ގޭގެ ފުރަތަމަ ބުރީގައި ބާބަކިޔުއެއް ހެދުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކަށް އަނިޔާވެފައިވާ ކަމަށާއި މިހާރު އެމީހާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ، އެގޭގައި ރޯވި އަލިފާން، އެވަގުތު ގޭގައި ތިބި މީހުންގެ މަސައްކަތުން ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ކޮށްފައިވަނީ މިއަދު މެންދުރު 11:55 ހާއިރެވެ.

https://twitter.com/MNDF_Official/status/1403995530703687680?s=20

އާއްމުން ގޭތަކުގައި އަދި އެހެނިހެން ތަންތަނުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފާނެ ފަދަ ޒާތުގެ ކަންކަން ކޮށް އެފަދަ ތަކެތި ބޭނުން ކުރާއިރު، ރައްކާތެރިކަމާއިއެކު އެފަދަ ކަންކަން ކުރުމަށް އެމްއެންޑީއެފްގެ ފަރާތުން އަބަދުވެސް ބާރު އަޅައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: