ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްރަތުގެ ބިލަށް އާދަމް ޝަރީފް: މީގެ ދަށުން އިސްލާމްދީނުގެ ދިފާއަށް ވާހަކަ ދައްކާ މީހާ ވެސް ދާނީ ޖަލަށް!

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްލިމަކަށް އަމާޒުކޮށް އޭނާއަކީ ލާދީނީ މީހެއް ނުވަތަ ކާފަރެއްކަމަށް ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅި ބިލު މިހާރު އޮތްގޮތަށް ފާސްކޮށްފިނަމަ އިސްލާމު ދީނުގެ ދިފާއުގައި، ދީނުގެ ކަންކަމާއި ގުޅިގެން ވާހަކަދައްކާ ކޮންމެ މީހަކު ޖަލަށް ދާން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބިލްގެ ބަހުސް މަރުހަލާ ކުރިޔަށް ގެންދިޔައެވެ. މުސްލިމަކާއި ދިމާލަށް ކާފަރެކޭ ބުނުން ކުށަކަށް ހަދާ ބިލުގެ ފުރަތަމަ އިއްވުން އިއްވައި، ކުރިއަށް ދިޔަ ބަހުސްގައި ދެއްކެވި ވާހަކަފުޅުގަައި އާދަމް ޝަރީފު ވިދާޅުވީ، ރާއްޖޭގައި އެ ބާވަތުގެ ބިލެއް ފާސްކުރުމުން މީހުން ގައުމުގައި އިސްލާމީ ހަޟާރަތު ފެތުރުމަށްވެސް ޖެހިލުންވާން ފަށާނެ ކަމަށެވެ.

އެގޮތުން އާދަމް ޝަރީފްގެ ވާހަކަފުޅު ފައްޓަވައިގެން މާގިނައިރުތަކެއް ނުވަނީސް މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މެމްބަރު އާދަމް ޝަރީފް ވާހަކަ ދެއްކެވީ ހިސާން ހުށަހެޅުއްވި ބިލުގެ މަގްސަދާއި މަހްފޫމު އެއްކޮށް އޮޅޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ. ހަލީމް ވިދާޅުވީ މުސްލިމަކު ކާފަރު ކުރުން ކުށަކަށް ހަދައި ބިލް ފާސްވެގެން ދިޔަނަމަވެސް، ދީނަށް ފުރައްސަރާ ކޮށް ރަސޫލާއަށް މީހުން ހަޖޫ ޖަހައިނަމަ ލާދީނީއޭ ވެސް ގޮވޭނެ ކަމަށާއި، އެހެން ބުންޏަސް ކުށްވެރިވެސް ނުވާނެ ކަމަށެވެ. އެގޮތުން މެމްބަރު ހަލީމަށް ފަހު ވަނީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފައެވެ.

ނިޒާމީ ނުކުތާތަކަށް ފަހު ވާހަކަ ކުރިއަށް ގެންވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ ޓެރެރިޒަމް މަނާކުރާ ގާނޫނުގައިވެސް މީހުންގެ ،ލޭ ހުއްދަ ނުކުރާ ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވެސް، ހިޔާލު ފާޅުކުރުމަކީވެސް އަސާސީ ފަންޑަމެންޓަލެއް ކަން މެމްބަރު އާދަމް ޝަރީފް ވަނީ ފާހަގަކުރައްވައިފަ އެވެ.

އާދަމް ޝަރީފްގެ ވާހަކަ ހުއްޓުވައި، ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، ބިލަކީ މާގިނަ ލިޔުންތަކެއް ހުރި ބިލެއް ނޫން ކަމަށާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދަނީ ބިލާއި ބެހޭ ގޮތުން ސީދާ އިތުރުފުޅުތައް ހައްދަވަމުން ކަމަށެވެ. އާދަމް ޝަރީފް އުފައްދަވަނީ ނަފްރަތު ކަމަށްވެސް މެމްބަރު ޝިފާއު ވަނީ ވިދާޅުވެފަ އެވެ.

ވާހަކަފުޅު ކުރިއަށް ގެންދަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ބިލަކަށް ބަހުސްކުރާއިރު ރޫހާއި އެއްގޮތަށް ވާހަކަދެއްކުމަށް މަޖިލީހުގެ ރިޔާސަތަކުން މެމްބަރަކަށް ނޭންގޭނެ ކަމަށެވެ. އާދަމް ޝަރީފް އެފަދައިން ވިދާޅުވީ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބެއްލެވި ހަސަން އަފީފު މެމްބަރުން ބިލަށް ބަހުސް ކުރައްވާއިރު ރޫހާއި އެއްގޮތަށް ބަހުސް ކުރެއްވުމަށް އިލްތިމާސްކުރުމުންނެވެ. އާދަމް ޝަރީފް އެފަދައިން ވިދާޅުވުމުން އެއަށް ރައްދުދެއްވަމުން އަފީފު ވަނީ ސިޔާސީ ފައިދާއެއް ހާސިލުކުރުމަށްޓަކައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވާ ނަމަ އެކަން ހުއްޓުވޭނެ ކަމަސް ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވަނީ އެ ބިލްގެ ސަބަބުން ރާއްޖޭގައި އިސްލާމީ ތަރުބިއްޔަތު ދިނުމަށްވެސް ގޮންޖެހުންތަކާއި ކުރިމަތިވާކަމަށެވެ. އެމްޑީޕީ މެމްބަރުން މުސްލިމަކު ކާފަރުކުރުން ކުށަކަށް ހެދުމަށް ހުށަހެޅި ބިލްގެ ދިފާއުގައި އެހާވަރަށް މަސައްކަތް ކުރައްވަނީ، މި ބިލަކީ ބޭރުގެ ފަރާތްތަކުން ރައްޖޭގައި ސެކިއުލަރ ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފާސްކުރާ ބިލަކަށްވާތި ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އެމްޑީޕީގެ މެމްބަރުން އެ ބިލް ފާސްކުރިނަމަވެސް ރައްޔިތުން އެބިލް ތަސްދީގުކުރަން ފުރުސަތު ނުދޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ހިސާން ހުށަހެޅި ބިލްގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފައެވެ. މީގެއިތުރުން، އެބިލްގައި ބުނެފައިވާ ގޮތުގައި، މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟
ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: