ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ބޭނުންފުޅު ވަނީ އަލީ ވަހީދު ރާއްޖެ ގެނެސް ޝަރީއަތް ކުރަން!

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް—
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދެވޭނީ އޭނާ ރާއްޖެ ގެނެސްގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުންތައް، ރާއްޖޭގެ އިހްތިސާސް ނެތް ތަނެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ޕީޖީ ވިދާޅުވީ އެގޮތަށް އެ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް އެބޭފުޅާ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިހްތިސާސް ނެތް ތަނެއްގައި ދައުވާ ކުރިއަށް ގެންދަނިކޮށް ކޯޓުގެ ހުރުމަތް ކަނޑާލިނަމަވެސް ކުރެވޭނެ ކަމެއް އެޅެނޭ ފިޔަވަޅެއް ނޯންނާނެ ކަން ޕީޖީ އިން ފާހަގަކުރިއެވެ. ޕީޖީ ވިދާޅުވީ، އެފަދަ ކަމެއް ކޮށްފިނަމަ ތިބެން ޖެހޭނީ، ވަރަށް ދެރައޭ ބުނެ، ކުރާނެ ކަމެއް ނެތިފައި ކަމަށެވެ. މީގެ އިތުރުން ޕީޖީ ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމާއި ރެޑް ނޯޓިސް ނެރުމާއި ގުޅޭ ގޮތުން އެ އޮންނަ ތަރުތީބެއްގެ ތެރެއިން ޕީޖީ އޮފީހުން މަސައްކަތް ކުރާނެ ކަންވެސް ފާހަގަކުރައްވައިފައެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި މަޑުކުރުމަށް އަލީ ވަހީދަށް ކޯޓުން ދިން މުހުލަތު ހަމަވެފައިވާއިރު، އަލީ ވަހީދު އަދިވެސް ރާއްޖެއަށް ނާދެއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:

  • ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: