ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ނަރީޝް

މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސް(ޕީޕީއެމް) ގެ ޓިކެޓްގައި ވާދަކުރާ މެމްބަރަކަށް މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ހޮވިއްޖެއެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ނަރީޝް އާއި އިތުރު ދެ ކައުންސިލަރަކު ވަނީ ވާދަކުރައްވައިފައެވެ. އެއީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާ އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ހިމަނާފައިވާ ގޮތުން، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ މެމްބަރަކު ކަނޑައެޅުމަށް މިއަދު ބޭއްވި ވޯޓްގައި ވަނީ އެ ޕާޓީއަށް ނިސްބަތްވާ 13 ކައުންސިލަރުން ވޯޓް ދެއްވައިފައެވެ. ނަރީޝް އެ އިންތިހާބު ކާމިޔާބު ކުރެއްވި ވޯޓްގައި ބައިވެރިވި 13 ކައުންސިލަރުންގެ ތެރެއިން 5 ކައުންސިލަރުންގެ ވޯޓާއިއެކުގައި އެވެ. ދެން ވާދަކުރެއްވި ދެ ކައުންސިލް މެމްބަރުންނަށްވެސް ލިބިވަޑައިގެންނެވީ 4 ވޯޓެވެ.

އެގޮތުން، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުން މި މަހުގެ 21 ވަނަ ދުވަހު އިންތިހާބުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.  ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލް ނައިބު ރައީސުން އިންތިޚާބު ކުރުން އޮތީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: