ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުގެ މައްސަލައިގައި މަޝްވަރާ ނުފެށެތީ މުއިއްޒުގެ ސިޓީއެއް ރައީސަށް

ރައީސް ސޯލިހު، މޭޔަރު މުއިއްޒުއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގެ ޕްލޭން ރިވައިސް ކުރުމުގެ މަޝްވަރާތައް އަވަސްކޮށްދިނުން އެދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓް ލިބޭ ގޮތަށް ގުޅީފަޅުގެ ޕްލޭން ރިވައިސްކުރުމަށް ސިޓީ ކައުންސިލާއެކުގައި މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިތާ ހަތަރު ހަފްތާވެފައިވާއިރުވެސް އަދިވެސް އެ މަޝްވަރާތައް ބޭއްވިފައި ނުވާ ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާއަަށް އަޅުގަނޑު މިއަދު ސިޓީ ލިޔެފައިވާނެ އެކަން އަވަސް ކޮށްދެއްވުމަށް އެދި،” މުއިއްޒު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުގައި ޕޯޓެއް ހެދުމަށް ފަހު އެތަނުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރާށެވެ. ނަމަވެސް މުއިއްޒު ގެންދަވަނީ ކައުންސިލް އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގުޅިފަޅު ބޯހިޔާވަހި ކަމަށް ހާއްސަ ރަށަކަށް ހަދައިދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.

އެގޮތުން ރައީސްއާ ބައްދަލު ކުރެއްވުމަށް ފަހު އެކަން ކާމިޔާބު ވަަނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މާލެ ރައްތެތުންް މިއަދުތަަ ތިފެނުނީީ ކުރިން ގުޅީފަޅުއޮތ ކޮންތާކު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: