ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި މަރާމާރީތައް އިތުރު ވާތީ މާލެ ކައުންސިލްގެ ކަންބޮޑުވުން!

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މަރާމާރީތައް ހިންގުން އާންމުވެފައިވާއިރު، އެފަދަ ކަންކަން ނުހުއްޓުވޭތީ މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭ ސިޓީގައި ހިމެނޭ ހުޅުމާލޭ ފޭސް 2 ގެ އިރުމަތީ ފަރާތު މޫދަށް 21 ޖޫން 2021 ވީ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރަހުމުކުޑަ ގޮތަކަށް 13 އަހަރުގެ ކުއްޖަކު މަރާލުމަށްފަހު ފޮއްޓަކަށްލައި ބަންދު ކުރުމަށްފަހު އެއްލާލާފައިވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން މިކައުންސިލުން ކުށްވެރިކޮށް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލޭ ސިޓީގައި ހިނގާ މިފަދަ މާރާމާރީތައް ހުއްޓުވައި މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްދެއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކަށް އިލްތިމާސް ކުރާކަމަށެވެ. އަދި އަވަސް މުއްދަތެއްގައި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހޯއްދަވައި އެފަރާތްތައް ޝަރީއަތުގެ މަޖިލީހަށް ހާޟިރުކޮށް އެކަށީގެންވާ ހައްޤު އަދަބު ދިނުމަށްވެސް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، މާލޭ ސިޓީގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކޮށް ދިނުމަށްޓަކައި ޑިޖިޓަލް މާލޭ މަޝްރޫޢު އިފްތިތާހްކޮށް އޭގެ ބައެއްގެ ގޮތުގައި މާލޭ ސިޓީގައި ކެމެރާ ހަރުކޮށް ބެލެހެއްޓޭނެ ނިޒާމު ވަރަށް އަވަހަށް ޤާއިމުކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާކަމާއި، މިކަމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ކުޑަކުއްޖާ ރަހީނު ކުރުމަށްފަހު ރަހުމުކުޑަ ގޮތަކަށް މަރާލާފައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނުތާ 24 ގަޑިއިރަށްވުރެ ގިނައިރު ފާއިތުވެގެންދާއިރު މިހާތަނަށް މި މަރާއިގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް، މިކަމުގައި ޝާމިލްވާ އެހެން މީހުންތައް ހައްޔަރުކޮށްފައި ނުވާތީ މި ކަމުގައި ޝާމިލްވާ މީހުން ހޯދުން ލަސްވާ ލަސްވުމަކީ މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުން ވަރަށް ބޮޑު ބިރުވެރިކަމެއް އިހްސާސް ކުރަންޖެހޭ ކަމެއްކަމުގައެވެ. އަދި މިފަދަ މާރާމާރީތައް މާލޭ ސިޓީގައި އާންމު ވަމުންދާއިރު، މިކަން ނުހުއްޓުވި މިފަދަ ކަންކަން ތަކުރާރުވަމުން ދާކަމީ މިއަދު މާލޭ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައެވެ.

މިހިތާމަވެރި ދަނޑިވަޅުގައި ނިޔާވެފައިވާ ކުޑަކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް ދުޢާކޮށް، އެ ކުޑަކުއްޖާގެ އާއިލާއަށް ސިޓީ ކައުންސިލުން ވަނީ ތައުޒިޔާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: