ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ފަރުވާ ދިން ޑޮކްޓަރުން ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީގައި ރައީސް މުހައްމަދު ނަޝީދަށް ފަރުވާދިން އޭޑީކޭގެ ޑޮކްޓަރުން ހާޒިރުކުރަން ނިންމައިފިއެވެ.

241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ރައީސް ނަޝީދަށް ފަރުވާ ދިން އޭޑީކޭގައި ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރަން ކޮމިޓީން ބޭނުންވާތީ ވަގުތެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ޑޮކްޓަރުންނާ ބައްދަލުކުރަނީ އެބޭފުޅުންނަށް ތުހުމަތެއް ކުރެވިގެން ނޫން ކަމަށާއި ފަރުވާ ދެއްވުމަށް ޑޮކްޓަރުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީގައި ސުވާލު ކުރަންޖެހޭ ކަންކަން ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ 32 އޮފިސަރަކާއި ޕޮލިސްގެ ފަސް ބޭފުޅަކާ ބައްދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ޑިފެންސް، ހޯމް އަދި ހައުސިން މިނިސްޓަރާވެސް ބައްދަލުކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެމްއެމްއޭގެ އިސް ފަރާތްތަކާވެސް ބައްދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިކަމުގައި ރައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒްއާ މިއަދު ބައްދަލުކުރާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: