ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަޅުތަކާ ގުޅިގެން ރެސްޓޯރަންޓުތަކުގެ ވެރިން އަނެއްކާވެސް މުޒާހަރާ އަށް

ރެސްޓޯރެންޓް ތަކުގެ ވެރިން ކުރިން ބޭއްވި މުޒާހަރާއެއް— ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރެސްޓޯރަންޓުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން މުޒާހަރާ އަށް ނިކުންނަން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ބުނީ މި އެއްވުން އޮންނާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ކާނިވަލް ސްޓޭޖް ސަރަހައްދުގައި ކަމަށެވެ. މި އެއްވުން ބޭއްވުމަށް ނިންމާފައިވަނީ “ކާންދޭ އަތުގައި ދަތް ނާޅާ” މި ނަމުގައެވެ.

މި އެއްވުމުގައި އެ ސިނާއަތުގައި އުޅުއްވާ ހުރިހާ ބޭފުޅުން ވެސް މި އެއްވުމުގައި ބައިވެރިވުމަށް އެ އެސޯސިއޭޝަނުން ވަނީ ދައުވަތު އަރުވާފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ވަނީ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ހިދުމަތް ހޯދުން މެދުކަނޑާލައި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދޭން އަންގާފައެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު މާލެ ފުރަބަންދު ކުރުމުން ވެސް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިލާން ޖެހުނު އެއްބަޔަކީ ރެސްޓޯރެންޓްތަކާއި ކެފޭތައް ހިންގާ ވިޔަފާރިވެރިންނެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ކެފޭތަކާއި ރެސްޓޯރެންޓްތައް ބަހައްޓަން ޖެހުނީ ބަންދުކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: