ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓިނާ ހިލާފުވި މީހަކު 11،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

ހދ. ނޭކުރެންދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ނޭކުރެންދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ކަރަންޓީނާ ހިލާފުވުމުން 11،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާ ޖޫރިމަނާ ކުރީ މާސްކު ނާޅާ އުޅުމާއެކު ގެއިން ބޭރަށް ނުކުތުމުންނެވެ.

އެ މީހާއަށް ޖޫރިމަނާ ކުރީ ކަރަންޓީނު އުސޫލާ ހިލާފުވުމުން 10،000 ރުފިޔާ އަދި މާސްކު ނާޅާ ހުރުމުން 1000 ރުފިޔާ އިންނެވެ.

މީގެ ކުރިން ފުލުހުން ވަނީ ފުވައްމުލަކު ސިޓީގައި ތަކުރާރުކޮށް ކަރަންޓީނާ ހިލާފުވި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ދާދިފަހުން ގއ.ވިލިނގިލީގައި ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފަށް ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހަކު ވެސް ފުލުހުން ވަނީ ޖޫރިމަނާކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: