ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ހަފްތާ ފަހުން 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު އިންޑިއާއަށް!

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް ދޭއްގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްމޯޓަމްއަށް މިއަދު އިންޑިއާއަށް ފޮނުވާލައިފި އެވެ.

މިދިޔަ މަހުގެ 21 ގައި ކުއްޖާއަށް އަނިޔާތަކެއް ދީ މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދާތާ ހަތަރު ދުވަސް ފަހުންނެވެ. ފޭސް ދޭއްގެ މޫދު ސަރަހައްދުން ކުއްޖާގެ ހަށިގަނޑު ހޯދީ ފޮއްޓަކަށް ލައި ފައްތާފައި އޮއްވަ އެވެ. މައްސަލައިފައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 17 އަހަރުގެ ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ފުލުހުން ސީރިއަސް ތުހުމަތުތަކެއް ކުރެއެވެ. އޭގެ ތެރޭގައި ކުދި ކުދި އަނިޔާތައް ދިނުމާއި އެކު ޖިންސީ ގޯނާކޮށްފައި ހުރިކަމުގެ ތުހުމަތު ވަނީކޮށްފަ އެވެ.

މަރުގެ ސަބަބު ދެނެގަތުމަށް ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ އާއިލާގެ ރުހުމާއި އެކު އެވެ. ނަމަވެސް ކުއްޖާގެ ހަށިގަނޑު ބޭރަށް ނުފޮނުވި ލަސްވާތީ އައިލާއިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑު ފޮނުވުން ލަސްވީ އިންޑިއާއިން ހަމަޖައްސަން ޖެހޭ ބައެއް ކަންކަމަށް ކޮވިޑުގެ ސަބަބުން ބޫރު އެރުމުގެ ސަބަބުންނެވެ.

14 ދުވަސް ވަންދެން ހަށިގަނޑު މޯޗަރީގައި ބޭއްވުމަށްފަހު، ޕޯސްޓްމޯޓަމްއަށް ފޮނުވާލީ މޯލްޑިވިއަންގެ ބޯޓެއްގައި މިއަދު ހެނދުނު 10:15 ގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: