ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގުރައިދޫގަައި ކަރަންޓީނުގައި ހުރި މީހަކު އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އިނގުރައިދޫގަައި ކަރަންޓީނުގައި ހުރި މީހަކު އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ އެމީހާ ކަރަންޓީން އުސޫލާ ޚިލާފަށް މިއަދު ހަވީރު ބޭރަށް ނުކުމެ، އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި އެމީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އެމީހާ ޕޮލިސް ސްޓޭޝަނަށް ދިން ގެއްލުން ފުލުހުން ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: