ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިންގެ ދެ ޑޯޒަށްފަހު ބޮޑެތި ލުއިތަކެއް!

މާލެއިން ދަތުރުކޮށް ހޯމް ކަރަންޓީނަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ މީހުނަށް އެކަނިކަންހާމަކުރުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވީޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ނުވެ ރަށަށް ދެވޭގޮތް ހަދައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުނަށް ކަރަންޓީނާ ނުލައި ރަށަށް ދެވޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީންނުވެ ރަށަށް ދެވޭނީ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށާއި ދަތުރުކުރެވޭނީ މޮނިޓަރިންގައި ނެތް ރަށްރަށަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކަމަަށެވެ.

މާދަމާ އިން ފެށިގެން އެ އުސޫލަށް އަމަލުކުރާ ގޮތަށް ނިންމާފައިވާއިރު ޕީސީއާރް ނެގެޓިވް ނަތީޖާއެއްގެ ގޮތުގައި ރެންޑަމްކޮށް ނަގައި ސާމްޕަލް ވެސް ބަލައިގަންނާނެ އެވެ.

މާލެ ސަރަޙައްދުގައި ދީފައިވާ އިތުރު ލުއިތަކުގެ ތެރޭގައި ސިނަމާތަކާއި، ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 30 މީހުންނަށް ވުރެ ގިނަ މީހުންނަށް ހަފްލާތައް ބޭއްވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދޭން ނިންމާފައެވެ.

އެންމެ ފަހުން ދިން ލުއިތަކުގެ ތެރޭގައި ކޮވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނުވާން ނުޖެހޭ ގޮތް ވަނީ ހަދައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: