ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރިޔާސީ ނިޒާމެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބުނީ ރައީސް ޔާމިންގެ ވެރިކަމުގެ 5 އަހަރުގަ”

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ނިޒާމަކުން ލިބެންޖެހޭ ފޮނި މީރުކަން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި 5 އަހަރުގެ ދައުރުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

2008 ވަނަ އަހަރު ރާއްޖޭގައި ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެވެން ފެށި ފަހުން ވެރިކަން ކުރަން ލިބޭ 5 އަހަރުގެ ދައުރު ހަމަކުރެއްވި ފުރަތަމަ ރައީސް އަކީ ކުރީގެ ރައީސް ޔާމީން ކަން ފާހަގަކުރައްވަމުން މެމްބަރު ޝިޔާމު ވިދާޅުވީ، 2008 ވަނަ އަހަރު ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގިނަ ޕާޓީތަކަކާއިއެކު ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު ނަމަވެސް 5 އަހަރުގެ ދައުރެއް ފުރިހަމަ ނުކުރެވޭ ކަމަށެވެ.

ޔޫކޭގައި ހުންނަވައިގެން ކްލަބް ހައުސްގައި، ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ އަކަށް ބަދަލުކުރެއްވުމާއި ގުޅޭގޮތުން، ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަޑް ރައްދު ދެއްވައި، “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ރޭ  ޝިޔާމު ވިދާޅުވީ، މިވަގުތު ރާއްޖެ މިއޮތް ހާލަތުން ރާއްޖެ ސަލާމަތް ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް ޔާމީން ކަމަށެވެ. މިވަގުތު ޕީޕީއެމް އަދި ޕީއެންސީގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށްވެސް ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަޝްވަރާތަކެއް ބާއްވާނަމަ، ޕީޕީއެމް އަދި ޕީއެންސީން އެ މަޝްވަރާތަކުގައި ބައިވެރިވާނީ ރައީސް ޔާމީން އާއިއެކުގައި ކަމަށެވެ. އިދިކޮޅު ކޯލިޝަނަށް ބަރުލަމާނީ ނިޒާމެއް ކަމުނުދަނީ އެކަމަށް ރައީސް ނަޝީދު ތާއީދު ކުރައްވާތީ ތޯ އެއްސެވުމުން އެ ސުވާލު ޖަވާބު ދެއްވަމުން ޝިޔާމު ވިދާޅުވީ، ރައްޔިތުންނާއި ގައުމުގެ ތަރައްގީއަށް ކުރަން ޖެހޭ ހިދުމަތްތައް ރިޔާސީ ނިޒާމެއް އޮތްނަމަވެސް ކުރެވޭނެ ކަމަށެވެ. ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއް ބޭނުންވަނީ ވެރިކަން ނުލިބުމުން ބާރުތައް ހޯދާނެ އިތުރު ގޮތެއް ނެތުމުން ކަމަށްވެސް ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ، މިއަދު ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކިތަންމެ ބޮޑު ކޯލިޝަނަކާއި އެކުގައި ވެރިކަން ކުރެއްވިނަމަވެސް މިއަދު ގައުމުގައި ވެރިކަން ކުރާ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. ޝިޔާމު ވަނީ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ދަނީ އެމްޑީޕީގެ ހުރިހާ ޒިންމާއެއް ނަންގަވަންކަމަށް ވެސް ފާހަގަކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: