ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ގޮވާލީ ނަޝީދު ނޫން ގޮތެއް؛ އެމްޑީޕީ ގައުމީ މަޖިލީހުގެ އެންމެ ވޯޓެއް ވެސް ބަރުލަމާނީއަށް ނުލިބުނު!

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީގެ އެއް ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ބުނެ ކުރި ބަހުސްތަކަށް ފަހު، ވަކި މީހަކު ބޭނުންވީތީ ބަރުލަމާނީއެއް ގެނައުމަށް ބޭނުން ނުވާކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭކަމަށާއި، ގާނޫނު ރަނގަޅު ގޮތުގައި ތަންފީޒު ނުކުރެވޭ ސަބަބަކީ އެއީކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އެމްޑީޕީގެ ވިސްނުމަކީ އެއީ ނަމަވެސް، ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީން ބުނަމުން އައީ ނިޒާމީ ވޯޓަކަށް ދިއުމުގެ ވަގުތު ނެތް ކަމަށެވެ. ހާއްސަކޮށް ކޮވިޑު-19 އަށް ފަހު ރާއްޖޭގެ މާލީ ހާލަތު އެފަދަ ވޯޓަކަށް ދިއުމަށް ތަން ނުދޭކަމަށް މެމްބަރުން އައީ ބުނަމުންނެވެ. އޭގެ ފަހުން އެ ސަބަބާ ހުރެ ރައީސް ސޯލިހަށް ފާޑުވިދާޅުވެ، ރައީސް ނަޝީދާއި އަރިސް މެމްބަރުން މަޖިލީހާއި، ޕާޓީގެ ގައުމީ މަޖިލީހުގައި އިހުތިޖާޖުކޮށް ބަހުސް ކުރަމުން ގެންދާން ފެށުމުން ޕާޓީގެ މެމްބަރުން ބުނީ ރައީސް ނަޝީދުގެ އަމިއްލަ އެޖެންޑާތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ހަމައެކަނި އެންމެ ބޭފުޅަކު ބޮޑުވަޒީރަކަށް ވުމަށް ޝައުގުވެރިކަން ހުރުމަކީ ރާއްޖޭގެ ވެރިިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓަށް އަހަން ޖެހޭ ސަބަބެއް ނޫންކަމަށް ވެސް ބުންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމުގެ ގަރާރުތައް ބޭރު ކުރުމަށް ފަހު އެންމެ ފަހުން އެމަނިކުފާނާއި އަރިސް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ބަރުލަމާނީ މައްސަލަ މަޖިލީހުން އޮތީ ބަލައިގަނެ ރައީސަށާއި ކަމާއި ބެހޭ ކޮމިޝަންތަކަށް ފޮނުވާފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ނަޝީދު ސަރުކާރާއި ދެކޮޅަށް ކުރި މަސައްކަތާއި، ރައީސް ސޯލިހަށް އަމާޒު ކުރި ފާޑުކިއުންތަކުގައި ”އިބޫ ނޫން ގޮތެއް“ ހޯދަން ޖެހޭކަމަށް ވިދާޅުވުމާއި ”ރޫޅާލާނެ“ ކަމަށް ދެއްކެވި ވާހަކަތަކަށް ފަހު މެމްބަރުން ތިބީ ބަރުލަމާނީއަށް ފުރުސަތު ދޭގޮތަށް ނޫނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާއި މެދު ގޮތެއް ނިންމުމަށް މިރޭ އިމާދުއްދީން ސްކޫލުގައި ކުރިޔަށް ގެންދިޔަ ގައުމީ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދި ކޮންމެ މެމްބަރަކު ވެސް ވިދާޅުވީ ފަސް އަހަރަށް ރައްޔިތުން ވެރިއަކު ހޮވާފައިވާކަމަށާއި، އެހެންކަމުން ވެރިކަން ކުރުމުގެ އެ ޖާގަ ދޭން ޖެހޭ ކަމަށެވެ. އަދި ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ބަހުސް ކުރަމުން ގެންދިއުމުގެ މާނައަކީ އެކަމަށް ޖާގަ ދީ ތާއީދު ކުރުމެއް ވެސް ނޫންކަމަށް މެމްބަރުން ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ގެންގުޅުއްވި ސްޓޭންޑު ތަކުރާރު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ވިސްނުމަކީ އެއީކަމަށާއި، ރައްޔިތުންގެ ރުހުމާއި ބަސް ނެތި އެފަދަ ނިޒާމެއް ގެނައުމަށް ތާއީދެއް ނުކުރައްވާނެ ކަމަށެވެ.

ރިޔާސީ ނިޒާމު އަދި ބަރުލަމާނީގައި ރަނގަޅު ސިފަތައް ހުރިކަން ފާހަގަކޮށް ރައީސް ވިދާޅުވީ މި ގައުމަށް އެންމެ އެކަށީގެންވާ ނިޒާމަކީ މިހާރު ވެސް އަމަލު ކުރަމުން ދާ ރިޔާސީ ނިޒާމު ކަމަށެވެ.

ނިޒާމީ ވޯޓަކަށް ގޮސްފިކަމަށް ވާނަމަ ރިޔާސީ ނިޒާމު ބެއްވުމަސްޓަކައި ކުރަން ޖެހޭ މަސައްކަތް އަޅުގަނޑު ކުރަން ޖެހޭ މަސައްކަތް އަމަލީ ގޮތުން ކުރައްވާނެކަމުގެ ވާހަކަ މިރޭ ތިބޭފުޅުންނަށް ދަންނަވާލަން..

އިލްޔާސް ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ ސެޕްޓެމްބަރު 30 ގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް މަޖިލީހުން ފާސްކޮށް އެކަމުގައި އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދަން ޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމަށް އެންގުމަށެވެ. އިލްޔާސް ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމުގެ ވޯޓު ނެގުމަށެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު އައީ ތަކުރާރުކޮށް އިބޫ ނޫން ގޮތެއް ގޮވާލަމުން ކަމަށެވެ. އެހެންކަމުން އެބޭފުޅުން ވެސް ބަރުލަމާނީއެއް ނުގެނެވޭނެ ހުރިހާ މަގެއް ހޯދާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
58%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: