ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓާއި މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް މިރޭ!

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރުން އަތް ނަގައިގެން ވޯޓު ދެއްވަނީ--ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމާއި ގުޅޭ ބަހުސްގެ މައްސަލައިގައި މަޝްވަރާ ކުރުމަށް ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭގެ 08:30 އަށް ތާވަލުކޮށްފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭކަމަށާއި، ގާނޫނު ރަނގަޅު ގޮތުގައި ތަންފީޒު ނުކުރެވޭ ސަބަބަކީ އެއީކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އެމްޑީޕީގެ ވިސްނުމަކީ އެއީ ނަމަވެސް، ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޕާޓީގައި ޖެހުނު މައްސަލަތަކާއި ރައީސް ނަޝީދު ސަރުކާރާއި ދެކޮޅަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން މެމްބަރުން ބުނަމުން ދިޔައީ ނިޒާމީ ވޯޓު ނެގުމަށް ވަގުތު ނެތް ކަމަށެވެ. ރައީސް ސޯލިހަށް ފާޑުވިދާޅުވެ، ރައީސް ނަޝީދާއި އަރިސް މެމްބަރުން މަޖިލީހާއި، ޕާޓީގެ ގައުމީ މަޖިލީހުގައި އިހުތިޖާޖުކޮށް ބަހުސް ކުރަމުން ގެންދާން ފެށުމުން ޕާޓީގެ މެމްބަރުން ބުނީ ރައީސް ނަޝީދުގެ އަމިއްލަ އެޖެންޑާތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ހަމައެކަނި އެންމެ ބޭފުޅަކު ބޮޑުވަޒީރަކަށް ވުމަށް ޝައުގުވެރިކަން ހުރުމަކީ ރާއްޖޭގެ ވެރިިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓަށް އަހަން ޖެހޭ ސަބަބެއް ނޫންކަމަށް ވެސް ބުންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމުގެ ގަރާރުތައް ބޭރު ކުރުމަށް ފަހު އެންމެ ފަހުން އެމަނިކުފާނާއި އަރިސް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ބަރުލަމާނީ މައްސަލަ މަޖިލީހުން އޮތީ ބަލައިގަނެ ރައީސަށާއި ކަމާއި ބެހޭ ކޮމިޝަންތަކަށް ފޮނުވާފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ނަޝީދު ސަރުކާރާއި ދެކޮޅަށް ކުރި މަސައްކަތާއި، ރައީސް ސޯލިހަށް އަމާޒު ކުރި ފާޑުކިއުންތަކުގައި ”އިބޫ ނޫން ގޮތެއް“ ހޯދަން ޖެހޭކަމަށް ވިދާޅުވުމާއި ”ރޫޅާލާނެ“ ކަމަށް ދެއްކެވި ވާހަކަތަކަށް ފަހު މެމްބަރުން ތިބީ ބަރުލަމާނީއަށް ފުރުސަތު ދޭގޮތަށް ނޫނެވެ. އެހެންވެ އެމްޑީޕީގެ އިސް ބޭފުޅުންނާއި، ޕާޓީގެ މެމްބަރުން ވަނީ ސޯޝަލް މީޑިއާގައި ”ބަރުލަމާނީ ނޫން ގޮތެއް“ ގެ ޕޯސްޓުތައް އާންމު ކުރަން ފަށާފަ އެވެ.

މިރޭގ ގައުމީ މަޖިލިސް ބައްދަލުވުމުގައި މި މަައްސަލައިގައި ބަހުސް ކުރުން އޮތްއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ނޫސްވެރިންގެ ސުވާލުތަކަސް ވިދާޅުވީ ރިޔާސީ އައު ދައުރަކަށް ވެރިއަކު ހޮވާފައިވާއިރު އެ ސަރުކާރަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށްކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމުކަމަށެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ހިޔާލު ނަމަވެސް، ގޮތް ނިންމާނީ ޕާޓީންކަމަށާއި ކޮންމެ ގޮތަކަށް ގޮތް ނިންމިޔަސް އެގޮތަކާއި އެކު ކުރިޔަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: