ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިންގް ޒޯންތަކާއި މާރުކޭޓް ގޮޅިތަކުގެ ގުރުއަތުލުން ކުރިއަށް ގެންދާނީ ޓީވީން ލައިން ކޮށްގެން: މޭޔަރު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިންގް ޒޯންތަކާއި މާރުކޭޓް ގޮޅިތަކަށް އެދޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލާން ޖެހިއްޖެނަމަ ގުރުއަތުލާނީ ޓީ.ވީ. އިން ލައިވްކޮށްގެން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގައި ކުއްޔަށް ދޫކުރުމަށް އިޢުލާންކޮށްފައިވާ ތަންތަނުގެ ކަންތައްތަކާބެހޭ ގޮތުން މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިންގް ސްލޮޓްތަކާއި މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުރިހާ މައުލޫމާތެއް ޢާއްމުކޮށް ފެންނަގޮތަށް ވަރަށް ޓްރާންސްޕަރެންޓް ގޮތަކަށް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މި ދުވަސްވަރު ވަނީ މާރުކޭޓް ގޮޅިތަކާއި އަދި ޕާކިންގް ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް ޢާއްމުކޮށް އިޢުލާންކޮށްފައެވެ.

އަގުދީގެން 4 ފުރޮޅުލީ އުޅަނދު ޕާކްކުރާ ޕާކިންގް ސްލޮޓްތަކަށް ހުޅުވާލީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 18 ވަނަދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމަށެވެ. 211 ޕާކިންގް ޒޯން ދޫކުރުމަށް ހުޅުވާލާފައިވާއިރު މީގެތެރޭގައި މަގުތަމީގެ ޕާކިންގްތައްވެސް ހިމެނެއެވެ. މަގުތަމީގެ ޕާކިންގްގެ ގޮތުގައި ހުރީ އަމީނީ މަގާ ގުޅިފައިވާ މަގުތަކެވެ. އޭގެތެރޭގައި މއ. ވައިދެރިޔާ ހިންގުމުން 44 ޖާގަ، މއ.ރާދަފަތި ހިނގުމުން 21 ޖާގަ، މއ. ކުރެދި ގޯޅިން 10 ޖާގަ، މއ.ހުދުފަޅު ހިނގުމުން 8 ޖާގަ، މ.ހިލާލީ މަގު އަމީނިމަގުން ފެށިގެން ދެކުނު އިރުމަތީފަޅިން 20 ޖާގަ، މ.ހިލާލީ މަގު އަމީނިމަގު އިރުމަތީފަޅިން 10 ޖާގައެވެ.  މީގެ އިތުރުން ސަލާޙުއްދީން ޕާކިންގް އިން 10 ޖާގަ، އާތިފިޝަލް ބީޗް ޕާކިންގއިން 24 ޖާގަ، އަލިމަސް ކާނިވާ ސަރަހައްދުން 6 ޖާގަ އަދި ސަލްމާން މިސްކިތް ޕާކިންގް އިން 58 ޖާގަ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕާކިންގް ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ. މި ޖާގަތަކަށް އެދެވޭނީ 350 ކިލޯއިން ދަށުގެ ޕިކަޕަށާއި ކާރާއި ވޭނަށެވެ.

މާލޭ ސިޓީ ކައުންސިލުން މާރުކޭޓް ގޮލީތައް ކުއްޔަށް ދޫކުރުމަށް އިޢުލާންކުރީ މި ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.  މިކަން ޢާއްމުކޮށް ހުޅުވާލައި ކުރި އިޢުލާންގައިވާގޮތުން ގޮޅި ކުއްޔަށް ދޫކުރަނީ ދަތުރުވެރިންގެ މަރުކޭޓާއި ލޯކަލް މާރުކޭޓުންނެވެ. މި ދެ މާރުކޭޓުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ” ގަޑިކަމަރު ” ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.

ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000.00 ރުފިޔާއެވެ. ގޮލީތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.

ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެމީހަކު އެދޭ މާރުކޭޓެއް ފާހަގަކުރަންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެންނެވެ. ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރުމަށްފަހު އެ ގިންތިއަކަށް އެދުނު ފަރާތްތަށް އެ ގިންތިއަކަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ގިންތިއަށް ލައި ގުރުއަތުލާގޮތަށެވެ.

މާރުކޭޓް ގޮލީތަށް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީއެވެ. މިފަހަރު މާރުކޭޓް ގޮޅިތަކަށް  އެދޭފަރާތްތަކުން އޮގަސްޓޤ ދެވަނަ ދުވަހުގެ 14:00 ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ރަސްމީ ޢާއްމު ޖަލްސާގައި ފާސްކުރި ” މާރުކޭޓްތައް ކުއްޔަށް ދިނުމާބެހޭ އުސޫލު ” ވެބްސައިޓްގައި ޢާއްމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: