ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުގްޔާ ކުރުން ރެގިއުލޭޓުކޮށް އުސޫލެއް ހަދަނީ، ހުއްދަ ނަގަން ޖެހޭ!

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރުގްޔާގެ ނަމުގައި އަމިއްލަ މަންފާއަށް މަސައްކަތް ކުރުމާއި، އަދި ފެންމަތިވާ އެކި މައްސަލަތަކުގެ ސަބަބުން އެފަދަ ފަރުވާ އާއްމުންނަށް ފޯރުކޮށްދޭ މީހެއް ނުވަތަ ބައެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށް އިސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

ރާއްޖޭގައި ރުގްޔާ ކުރުމަށް ވަކި ހާއްސަ ހުއްދައެއް ދޫކުރުމަށް ގޮވާލަމުންދާތާ ވަނީ ދުވަސްތަކެއް ވެފައެވެ. ރުގްޔާގެ ނަމުގައި ނާޖާއިޒް ފައިދާތައް ނެގުމުގެ މައްސަލަތަކެއްގައި މީގެ ކުރިން ވެސް ބައެއް މީހުން ހައްުޔަރުކޮށް، ފުލުހުން މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމުގެ އުސޫލާ ގުޅޭ ގޮތުން “ސަންގު” އާއި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިފަދަ އުސޫލެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ރުގްޔާ ކުރާ މީހުންނާއި މެދު އާއްމުކޮށް އަންނަ ޝަކުވާތަކަށް ހައްލެއް ގެނައުން ކަމަށެވެ. މުޖްތަމައުގެ ތެރޭގައި ބައެއް މީހުންގެ ފަރާތުން، ނޭދެވޭ ކަންތަކެއް ފާހަގަވާއިރު ކޮންމެ ކޮންމެ މީހަކީ ރުގްޔާ ކުރެވޭނެ މީހެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ބައެއް މީހުންނަކީ ސީދާ ފައިސާއަށް މި މަަސައްކަތް ކުރާ މީހުންކަމަށާއި، އުސޫލުގެ ދަށުން ރުގްޔާ ކުރާ މީހެއްގެ ގައިގައި ހުންނަންޖެހޭނެ ޝަރުތުތަކާއި ފެންވަރު ބަޔާންކޮށްފައި ހުންނާނެކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޝަރުއީ ގޮތުން ރުގްޔާ ކުރަން އެނގޭނީ ދީނީ ކަންތަކެއް އުނގެނިގެން ކަމަށެވެ. ޑރ. ޒާހިރު ވިދާޅުވީ ފަހަކަށް އައިސް ރުގްޔާ ކުރާ ގިނަ މީހުންނަކީ މިކަމުގެ އެއްވެސް އިލްމެއް ނުވަތަ ތަމްރީނެއް ލިބިފައިވާ ބައެއް ނޫން ކަމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ ރުގްޔާ ކުރާ މީހެއްގެ ފަރާތުން ދިމާވާ ގޯނާއެއް ނުވަތަ ނޭދެވޭ ކަންތަކެއްގެ ސަބަބަބުން ހުށަހެޅޭ މައްސަލައެއް ބަލައި ތަހުގީގު ކުރާއިރު އެ މީހަކީ އެއީ ދާއިރާއިން އެއްވެސް ވަރަކަށް ކިޔަވައިގެން ނުވަތަ އިލްމެއް ހުންނަ މީހެއް ނޫން ކަމަށެވެ. އަދި ރުގްޔާ ކުރުމަކީ އެއީ ރަސޫލާ ދެއްވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް ދުއާއެއްކޮށް ހަށިގަނޑަށް ފުމެއްލުން ކަަމަށެވެ. ނުވަތަ ރަސޫލާގެ ހަދީސް ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރުން ކަމަށެވެ.

ރުގްޔާ ކުރުމުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާތަކުގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. މީގެ އިތުރުން އެ ނަމުގައި ބައެއް މީހުން ސިހުރު ހަދައި، ސަހަރާއެއްގެ ތެރެއިން އެ މީހުން ބޭނުންވާ ވަކި އެއްޗެއް ގެނައުމަށް އަންގަައި ހަދަ އެވެ.

އާ އުސޫލު އެކުލަވާލުމާއި އެކު ރުގްޔާ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ އިސްލާމިކް މިނިސްޓްރީއަށެވެ. އޭރުން ރުގްޔާ ކުރާ މީހުން ކައިރިން މޮނީޓާރ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ރުގްޔާ ކުރުމުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާތަކުގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ. މީގެ އިތުރުން އެ ނަމުގައި ބައެއް މީހުން ސިހުރު ހަދައި، ސަހަރާއެއްގެ ތެރެއިން އެ މީހުން ބޭނުންވާ ވަކި އެއްޗެއް ގެނައުމަށް އަންގަައި ހަދަ އެވެ.

ދާދިފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ރުގްޔާގެ ނަމުގައި އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ދޭ މައްސަލަތަކުގެ ޝަކުވާ އިތުރުވެފައިވާކަން ފާހަގަކޮށްފަ އެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ސަހަރާ ކޮނުންފަދަ އިޖްތިމާއީ މައްސަލަތައް ލިބޭކަމަށް ބުންޏެވެ. އަދި ރުގްރާ ކުރުން ރެގިއުލޭޓް ކުރުމަށް އެޗްއާރްސީއެމްގެ ފަރާތުން ކޮންފަރެންސް އެއް ބާއްވައި ބައްދަލުވުންތައް ކުރިޔަށް ގެންދިޔައީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. މި ކޮންފަރެންސްގައި ޖެންޑާ މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ފުލުހުން ބައިވެރިވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: