ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޕީޕީއެމް ގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރާ ދެކޮޅު އެތައް މެމްބަރުންނެއް އެބަތިބި”

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި ޕީޕީއެމް ގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރާ ދެކޮޅު އެތައް މެމްބަރުންނެއް އެބަތިބި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގައި އުއްމީދު ތަކަކާއި އުސޫލްތަކެއް އެބައޮތް ކަމަށާއި ބޭނުމީ ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބެން ކަމަށެވެ. އަދި އެއީ ރާއްޖެ އަފްޣާނިސްތާނަށް ނުވެ ސަލާމަތް ވާން އޮތް މަގު ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

“އެމްޑީޕީ އާއި ޕީޕީއެމް ގައިވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެންބަރުންނެއް އެބަތިބި.” ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވެއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މެދުމިނުގެ ދީނީ ވިސްނުމެއްގައި ތިބިނަމަ ޕީޕީއެމާއި ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރުމަށް އެހީއަށް އެދޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށެވެ. އަދި އެ މަނިކުފާނު ދެކޭގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާކަމަށް ވިދާޅުވިއެެވެ.

“އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް.” ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުން ފުޅުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ގިިނަ މީހުން ތިބޭނީ އެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ އަފްޣާނިސްތާންގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: