ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނު ނުވެ ދަތުރުކުރެވޭނީ އާއިލާއާއެކު ދަތުރުކުރާ ކުޑަކުދިންނަށް: އެޗްއީއޯސީ

ބަޔަކު މާލެއިން އަތޮޅުތެރެއަށް ދަތުރުކުރަނީ -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު މާލެއިން ރަށްރަށަށް ދަތުރުކުރާ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލު ހަމަޖައްސާފައިވީނަމަވެސް އެ ލުއި ލިބޭނީ އާއިލާއާއެކު ދަތުރުކުރާ ކުޑަކުދިންނަށް ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ނެގެޓިވް ނަތީޖާއަކާ އެކު ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް، 18 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ލުޔެއް ދޭގޮތަކަށް އިޢުލާން ކޮށްފައެއްނުވެއެވެ.

އެއާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ލުއިތައް ދިނުމުގެ އުސޫލު އާންމު ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ޖުލައި 8 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ވެކްސިން ނުޖެހޭ އުމުރުގެ ކުދިން 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރާނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަރަންޓީން ނެތި ދަތުރުކުރެވޭނީ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނާއެކު ދަތުރުކުރާ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާއާއެކު ދަތުރުކުރާ ކުޑަކުދިންނަށް ކަމަށެވެ.

އަދި އެ ނޫން މީހުންނާއެކު ދަތުރުކުރާނަމަ އެ ފުރުސަތު ނުލިބޭނެ ކަމަށާއި ދަތުރުކުރަން ހުއްދަދޭއިރު ކައުންސިލުން އެކަންކަން ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: