ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދުވަހު މާލޭގައި ހަވީރު 4 ރޭގަނޑު 8 އަށް ހިނގާފަައި އުޅޭ ވަގުތަށް ހަދައިފި

މާލޭގައި ބަޔަކު ހިނގާފައި ދަނީ— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އަޟްހާ އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތެއް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު ފައިމަގުގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ގޮތުން އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. މި އެންގުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ތަންފީޒު ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެކަމާ ގުޅޭގޮތުން މިހާރު ޓްރެފިކް ޕޮލިހާވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި ނިންމުމުގެ ކުރީން އާންމުންގެ ހިޔާލު ހޯދާފައިވާކަންވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން ކްލަބް ހައުސްގެ ބައްދަލްވުމެއްގައި އާންމުންގެ ހިޔާލު ކުރީން ވަނީ ހޯދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: