ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓު ލިބިއްޖެ، ތަހުގީގު ދަނީ ފުރިހަމަ ކުރަމުން: ފުލުހުން

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލުމަށްފަހު ހުޅުމާލޭ ފޭސް ދޭއްގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ޓްރިވެންޑްރަމަށް ގެންދިޔައީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުއްޖާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ. ކުއްޖާގެ ހަށިގަނޑު ވަޅުލާފައިވަނީ 21 ދުވަސް ފަހުންނެވެ.

ފުލުހުން ބުނީ 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެރިޕޯޓު ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަަމަށް ފުލުހުން ބުނެއެވެ.

ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: