ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފިނިޝިން މަސައްކަތަށް މަދުވެގެން 9 މަސް ދޭންޖެހޭ: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކުގެ ފިނިޝިން ނިންމަންދޭ ތިން މަހުގެ މުއްދަތު ގުނަން ފަށާ ތާރީހު އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށް އެޗްޑީސީން އިއްޔެ ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މުއިއްޒު ވަނީ ފިނިޝަންގެ މަަސައްކަތަށް އެޗްޑީސީން ކަނޑައަޅާފައި އޮތް ތިން މަސް ދުވަހުގެ މުއްދަތު އިތުރުކުރުމަށް އަދިވެސް ނުވިސްނަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

“ރައްޔިތުންގެ އާދޭހަށް މިހާ ބީރު ކަންފަތެއް މި ދެނީ ކީއްވެބާ،” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަދުވެގެން ނުވަ މަސް ދުވަސް ފިނިޝަންގެ މަސައްކަތަށް ދިނުމަށް މާލެ ސިޓީ ކައުންސިލުގެ ފަރާތުން އަދިވެސް ސަރުކާރުގައި އެދޭ ކަމަށެވެ. އަދި އެކަމަށް ރަސްމީ ލިޔުމުންވެސް އެދިފައިވާ ކަމަށާ ނަމަވެސް މިހާތަނަށްވެސް ހަބަރެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ އެގްރިމެންޓްގައި ސޮއިކޮށް ތަޅުދަނޑި ދޫކުރަން މިދިޔަ ހަފްތާގައި ވަނީ ފަށައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: