ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓެއްގެ ޕޫލަށް އެރިއުޅުނު ކުޑަކުއްޖަކު މަރުވެއްޖެ

ފ. އަތޮޅު ހޮސްޕިޓަލް— ފޮޓޯ: ޕީއެސްްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރިސޯޓެއްގެ ސްވިމިން ޕޫލަކަށް އެރި އުޅުނު ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ 8:00 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ދ. އަތޮޅުގެ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އާއިލާއެއްގެ ފަސް އަހަރުގެ ކުޑަ ކުއްޖާ، އާއިލާއާއެކު ސްވިމިން ޕޫލަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއަކާ ގުޅިގެން މަރުވެފައިވާ ކަމަށެވެ.

އެ ކުއްޖާ ފ. އަތޮޅު ނިލަންދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: