ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، އުނގޫފާރު މޮނިޓަރިންގ އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އުނގޫފާރު މޮނިޓަރިންގ އަށް ލައިފި އެވެ.

އެޗްޕީއޭ އިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ފްލޫ ސާމްޕަލެއް ޕޮޒިޓިވް ވުމުން ނެވެ. އަދި މޮނިޓަރިންގއަށް ލާފައިވަނީ މިރެ އެވެ.

މީގެ ކުރިންވެސް ޕޮޒިޓިވް ކޭސް ފެނިގެން އުނގޫފާރު މޮނިޓަރިއަށް ލިޔެވެ.

ކޮވިޑް ބަލިމަޑުކަން ރަށުގައި ފެތުރެމުން އަންނަ އިރު މިހާރު މޮނިޓަރިންގެ ހާލަތަށް 14 ރަށެއް ވަނީ ލާފައެވެ. އެއީ ހއ. ތަކަންދޫ، ހއ. ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ށ.ފީވައް، މ. ކޮޅުފުށި، ދ. ކުޑަހުވަދޫ، ރ. ދުވާފަރު، ރ.އުނގޫފާރު، ކ ކާށިދޫ، ގއ. ކޫއްޑޫ، ގއ.ވިލިނގިލި އަދި ގދ. ނަޑެއްލާ އާއި ފުވައްމުލަކެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ.

އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: