ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ޤައުމު ހިންގަވަމުން އެ ގެންދަވަނީ އިދިކޮޅުން ޖޭ ވާހާ މޮޅަށް: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމު ހިންގަވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތައް ޖޭ ވާހާ މޮޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީީގެ ބައެއް އިސް ބޭފުޅުން “ނާވާދަވެރި” ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިއުލާނުކުރުމުގެ މާކުރިން އިދިކޮޅު ފަރާތްތަކުން ބަލި ގަބޫލު ކޮށްފިކަން ކަމަށެވެ.

“ރައީސް ސާލިހު ހަމަމޮޅީ! އެކޮނޮމީ ފުލުގައި ޖައްސާލި ކޮވިޑުތެރޭ ވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް” މައުސޫމް ވިދާޅުވިއެވެ.

މައުސޫމް މިހެން ވިދާޅުވިއިރު އިދިކޮޅު ކޯލިޝަނުން ވަނީ “މިނިވަންކަމުގެ ދިފާއުގައި – ދިވެހީން” ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕޭނުގައި ބައިވެރިވުމުގެ ދައުވަތު އިދިކޮޅުން ވަނީ އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރްއެމްއަށް އަރުވާފައެވެ. އަދި ކޯލިޝަންގެ ބޭރުން އެމްޑީއޭ އަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ.

ނަމަވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: