ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަކަރާއި ހީލަތުން ފައިސާ އަތުލި މީހަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް އަންގައި އިއުލާނުކުރާކަމަށެވެ.

ފުލުހުންގެ ތަހްގީގަށް ހާޒިރުވާން އަންގާފައި ވަނީ ސ. މަރަދޫ، މީނާޒް، މައުމޫން ނާޞިރު އަށެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 އޯގަސްޓް 10 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: