ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަންއެއްގެ ގޮތުގައި ނަޝީދު އިދިކޮޅާއި ގުޅިއްޖެނަމަ، ޕާޓީގައި ނުހުންނާނަން: މުންދު

އިދިކޮޅުން ބޭއްވި ޕްރެސްކޮންފަރެންސްއެއްގެ ތެރެއިން ރައީސް، ޔާމީނާއި، މުންދު އަދި އަބްދުއްރަހީމް/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަންއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފިނަމަ، ޕާޓީގައި ދެމި ނުހުންނާނެކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ދިން އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ސަރުކާރެއްގައި މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި އޭނާ އަކީ ރައީސް ނަޝީދުގެ ވެރިކަމެއްގައި ސިޔާސީ މަގާމެއް ގަބޫލު ކުރައްވާނެ ބޭފުޅެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މުންދު ވަނީ މި ސަރުކާރުން ހާރިޖީ ސިޔާސަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ފާޑުވިދާޅުވެފަ އެވެ. އަދި ޚާރިޖީ ސިޔާސަތަކީ ތުންތުންމަތިން އެކަނި ދައްކާ ވާހަކަތަކެއް ނޫންކަމަށާއި، އެއީ ލިޔެވި ޝާއިއު ކުރެވި، އެންމެންގެ ލޮލަށް ފެންނަ ގޮތަށް ހާމައަށް އޮންނަ އެއްޗެއްކަމަށް މުންދު ވިދާޅުވި އެވެ.

ވޭތުވެދިޔަ ސަރުކާރުގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރެވުނީ އުސޫލްތަކެއްގެ މައްޗަށް އަމަލު ކުރެވެމުން ދިޔަ ސިޔާސަތަކަށްކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ އެ ސިޔާސަތުގައި ފާއިތުވި ސަރުކާރުން އެންމެ އިސްކަމެއް ދިނީ އަރަބި ދުނިޔެއާއި އޮންނަ ގުޅުމުގެ ތެރެއިން އޮންނަ ކަންތައްތަކަށްކަމަށެވެ. އެހެންނަމަވެސް ހިނގަމުންދާ ސަރުކާރުގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި ވަނީ އުސޫލްތަކެއްގެ މައްޗަށް ނޫންކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ ވެރިކަން ކުރާ ސަރުކާރުން އެ ސިޔާސަތު ގެންގުޅެނީ ވަކި ބައެއްގެ ގައިގައި ލެނގިލައި، ދިމާލަކަށް ކައްތިރި ވިއްދާލައިގެން ކުރިއަށްދާ އުސޫލުންކަމަށެވެ.

ހަމައެހެންމެ މި ސަރުކާރުން ވަކި ފިކުރިއްޔާތެއްގެ ގައުމުތަކާއި ހާއްސަ ގުޅުންތަކެއް ބާއްވާކަން މުންދު ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ސިއްރު ގުޅުންތަކާއި ހާމަކުރަން ބޭނުންނުވާ ސީކްރެޓް އެޖެންޑާތައް ހިމެނޭނެކަމަށާއި، މީގެ ސަބަބަކީ އިސްލާމީ ގައުމުތަކާއި ހުޅަނގުގެ ގައުމުތަކުގެ ފިކުރިއްޔާތު ތަފާތުވުންކަމުގައި މުންދު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: